Advertisement

"މިތިބީ އީދުގެ އުފާ ގެއްލި މޮޅިވެރިކަމެއްގައި"

22 ޖުލައި 2021 - 12:31 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ތ. ކިނބިދޫގެ އަތިރިމަތި ސަރަހައްދު.


"މިތިބީ އީދުގެ އުފާ ގެއްލި މޮޅިވެރިކަމެއްގައި"

22 ޖުލައި 2021 - 12:31 0

ދެ ފަހަރެއްގެ މަތިން މޮނިޓަރިން އަށް ލައިފައި ނެގި ތ. ކިނބިދޫގެ ރައްޔިތުން، ދެ މަސް ދުވަހުގެ ވަރުބަލި ލޮކްޑައުނުން ނިކުމެ އަލުން ހިއްވަރު އާކޮށްލީ ރަށް މޮނިޓަރިން އިން ނަގައިލި އިރު ބޮޑު އީދު ޖެހެން ގާތްވެފައި އޮތުމުންނެވެ. އީދަކީ އެމީހުންގެ އެންމެ އުފާވެރި މުނާސަބަތެވެ. ޒަމާނުއްސުރެ ޖޯޝުގައި މުޅި ރަށް މަރުހަބާ ކިޔާ ބަހާރެވެ.

ބޮޑު އީދުގެ ތައްޔާރީތަކަށް އީދު ކުޅިވަރުތަކާއި ސަގާފީ ނެށުންތައް ތައްޔާރުކޮށް، ބޮޑުމަސް ހަދައި އީދު ކޯޑީގެ ޕްލޭންތައް މީގެ އެތައް ދުުވަހެއް ކުރިން ޕްލޭންކޮށް އީދު އައި އިރު ކިނބިދޫ އޮތީ އީދު ފޯރި އަށް ފަރިވެފަ އެވެ. ދޮޅު އަހަރު ފަހުން ރަށުގައި ފާހަގަ ކުރާ ބޮޑު އީދު، ކުރެވުނު އެންމެ ކުލަގަދައެއް ކޮށް ފުރިހަމައަށް ފާހަގަކުރުމަށް ފަންސާސް ހާހެއްހާ ރުފިޔާ ހަރަދުކުރި އެވެ.

އީދަށް ތިން ދުވަހަށް ވުމުން މުޅި އާބާދީ ނިކުމެ "އީދު ކުނބުސް" އަޅައި ހައްޖު ދުވަހު ރޯދަ އަށް ތިބެ، އީދު ދުވަހުގެ ހެނދުނަށް ކުޅިވަރު މައިދާންތައް ތައްޔާރުކުރި އެވެ. އީދު ދުވަސް އައި އިރު ކުދި ބޮޑު އެންމެން ތިބީ މި ފަހުން ރަށުގައި ފާހަގަކުރާނެ އެންމެ ބޮޑު އެއް އީދުގެ އުފަލާއި މަޖަލުގެ އިންތިޒާރުގައި ކެތް މަދުވެފަ އެވެ.

ތ. ކިނިދޫ މަތިން ނަގާފައިވާ ފޮޓޯ އެއްް


އެކަމަކު އީދު ނަމާދުން ފައިބައިގެން ކުޅިވަރު ރޫހުގައި އީދު މަގަށް ނިކުމެ ތިބި ރައްޔިތުންނަށް ރަނގަޅަށް ހިނިތުންވެ ނުލެވެނިކޮށް، ރަށުން ކުޑަ ކުއްޖަކު ޕޮޒިޓިވް ވެގެން އެޗްޕީއޭ އިން ކުރި ކުއްލި އިއުލާނާ އެކު ފޯރީގައި ކެކެމުން ދިޔަ ރަށުގެ އަޑު މުޅިން ފަނޑުވެ އެއްކޮށް ހަމަހިމޭންވި އެވެ. އެތައް ދުވަހެއް ކުރިން ތަދުބީރުކުރަމުން އައި އުފާވެރިކަމުގެ މައްޗަށް ބިރުވެރިކަމާއި މޮޅިވެރިކަން ވެރިވެ، ރައްޔިތުން އަނެއްކާވެސް ގެތަކަށް ވައްދައިލީ މަދު މިނުޓް ކޮޅެއްގެ ތެރޭގަ އެވެ.

"އަޅުގަނޑުމެން ވެސް ތިބީ އޭރު ވާ ނުވާގައި. ރަށު ކޮމިޓީ އަކަށް ވެސް، ކައުންސިލަކަށް ވެސް ނޭނގެ އެޗްޕީއޭއިން އިއުލާން ކުރި އިރަކު އެކަމުގެ ހަބަރެއް. ކީއްތޯ ކުރާނީ. އަޅުގަނޑުމެންގެ ރަށް މި އޮތީ އަނެއްކާ ވެސް ބޮޑު ހިތާމައެއްގައި،" ކިނބިދޫ ކައުންސިލުގެ މެންބަރު ހުސައިން ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޕޮޒިޓިވް ވި ކުޑަ ކުއްޖާގެ އާއިލާ މާލެއިން ރަށަށް އައީ ޕޮޒިޓިވް ވެ ރަނގަޅުވެގެން އެކަމާ ގުޅޭ ލިޔުންތަކާ ވެސް އެކުގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދެ މަސްދުވަހުގެ ބަންދެއްގައި ތިބުމަށްފަހު ރައްޔިތުން އީދަށް ތައްޔާރުވަމުން ދިޔައީ އެތައް އުންމީދަކާ އެކުގައި ކަމަށެވެ. މިއަހަރުގެ މިހާތަނަށް ފާއިތުވި އުނދަގޫ ދުވަސްތަކުގެ ވަރުބަލި ފިލުވާލަން ލިބިނު އީދުގެ ފުރަތަމަ ދުވަހު އެ އުފަލުން މަހުރޫމް ވުމުން މާޔޫސްކަމާއި މޮޅިވެރިކަން ރަށަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަންނައުނު އެއްޗެހި ވެސް ހަމަ ގަނެގެން ފަހާފަ ހުރީ. ފޭއްޔާ އެއްޗެހި ވެސް ފަހާފައި. އެތައް ދުވަހެއް ފަހުން އީދު ފާހަގަކުރާނެ ފުރުސަތު ލިބުމުން ކުރީބައިގައި ސަގާފީ ކުޅިވަރުތަކަކަށް ތައްޔާރުވެ، ބޮޑު މަސް ހަދާ، އީދު ކޯޑި ހަދާ، ހުރިހާ ކަމެއް ކޮށް ނިމުނު ފަހުން މިހެން މިވީ،" ޝިޔާމް ވިދާޅުވި އެވެ.

އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ކިނބިދޫ އެންމެ ފަހުން މޮނިޓަރިން އަށް ލި އިރު ވެސް އެރަށުގެ 135 ގޭގެ ތެރެއިން 95 ގެ ކަރަންޓީނު ކުރި އެވެ.

ކޮވިޑް ކޭސް ފެނިގެން ކުރި ހުރިހާ ޕްލޭނަކާއި ހަރަދެއް ބޭކާރުވުމުން އަނެއްކާ ވެސް ބަންދުގައި އޮތް ކިބިދޫ އަށް ލިބިފައިވަނީ ބޮޑު ހިތާމަ އެކެވެ.