Advertisement

ކްލަބްހައުސް އެންމެންނަށް ހުޅުވާލައިފި

22 ޖުލައި 2021 - 09:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކްލަބްހައުސް އެޕް. -- ފޮޓޯ: ގެޓީ އިމޭޖަޒް


ކްލަބްހައުސް އެންމެންނަށް ހުޅުވާލައިފި

22 ޖުލައި 2021 - 09:31 0

ސޭން ފްރެންސިސްކޯ، އެމެރިކާ (ޖުލައި 22) - ކްލަބްހައުސް އޯޑިއޯ ޗެޓް އެޕްލިކޭޝަނުގެ އިންވިޓޭޝަން-އޮންލީ މޯޑު އުވާލުމަށް ފަހު ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ހަދައިފި އެވެ.

މީގެ ކުރިން ކްލަބްހައުސް ބޭނުން ކުރެވެނީ އެހެން ޔޫޒާއެއް ދައުވަތު ފޮނުވުމުންނެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން އެޕަލް އަދި އެންޑްރޮއިޑް ބޭނުން ކުރާ ކޮންމެ ފޯނަކަށް ވެސް "ވެއިޓްލިސްޓުގައި" މަޑު ކުރަން ނުޖެހި މި އެޕް ބޭނުން ކުރެވޭނެ އެވެ.

ކްލަބްހައުސް އުފެއްދި ޕައުލް ޑޭވިޑްސަން އާދި ރޯހަން ސެތް ލިޔުނު ބްލޮގް ޕޯސްޓެއްގައި ބުނީ "ބީޓާ މޯޑު ނިންމުމަށް ފަހު ހުރިހާ އެންމެންނަށް ކްލަބްހައުސް ހުޅުވާލާފައިވާ" ކަމަށެވެ.

"ދުނިޔޭގައި އުޅޭ އެންމެންނަށް ވެސް މާނަހުރި ބަހުސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނެ."

ގާތްގަނޑަކަށް މީގެ އަހަރެއް ކުރިން ވުޖޫދަށް އައި ކްލަބްހައުސްއަށް އޮތް ތާއީދު ބޮޑުވެ، މިހާރު ކޮންމެ ދުވަހަކު ވެސް ބައި މިލިއަން "ރޫމް" އެކްޓިވްކޮށް ކުރިއަށް ގެންދެ އެވެ.

ކްލަބްހައުސް ބޭނުން ކުރާ މީހުން ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ރޫމްތަކުގައި ދައްކާ ވާހަކަ އަޑު އެހުމުގައި ހޭދަކުރެ އެވެ.

މިދިޔަ މަހު ސްޕޮޓިފައި އިން ވެސް ވަނީ ވަނީ ގްރީންރޫމްގެ ނަމުގައި ލައިވް އޯޑިއޯ އެޕެއް ނެރިފަ އެވެ. އެހެން ގިނަ ވާދަވެރި ޕްލެޓްފޯމުތަކުގައި ވެސް މިހާރު މި ފީޗާ ލިބެން ހުރެ އެވެ.

ޕޮޑްކާސްޓާއެކު ސޯޝަލް އޯޑިއޯ ވަނީ ފާއިތުވި އަހަރުގެ ތެރޭގައި މަގްބޫލުވާން ފަށާފަ އެވެ. އެފަދަ އެޕުތަކުގެ ތެރެއިން އެންމެ ތާއީދު ބޮޑީ ކްލަބްހައުސް އަށެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އެޕް 18 މިލިއަން ފަހަރު ޑައުންލޯޑް ކޮށްފައި ވެ އެވެ.