Advertisement

އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓަށް ޑެލްޓާ ވާނެ: ޑަބްލިއުއެޗްއޯ

22 ޖުލައި 2021 - 09:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް.-- ފޮޓޯ: އޭއެފްޕީ


އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓަށް ޑެލްޓާ ވާނެ: ޑަބްލިއުއެޗްއޯ

22 ޖުލައި 2021 - 09:29 0

ޖެނީވާ، ސްވިޓްޒަލޭންޑް (ޖުލައި 21) - ކޮވިޑް ފަތުރާ ވައިރަހުގެ ޑެލްޓާ ވޭރިއެންޓަކީ މުޅި ދުނިޔެއަށް އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓަށް ވަރަށް އަވަހަށް ވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިންނެވެ. މިހާރު މި ވޭރިއެންޓު ވަނީ 124 ގައުމަކަށް ފެތުރިފަ އެވެ. ބައެއް ބޮޑެތި ގައުމުތަކުން ނަގާ ސާމްޕަލްގެ 35 ޕަސެންޓު ހިއްސާ ކުރަނީ މި ވޭރިއެންޓެވެ.

"ބެލެވޭ ގޮތުގައި އެހެން ވޭރިއެންޓުތައް ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑެލްޓާ ވާނެ،" އދ. ގެ ސިއްހީ އެޖެންސީން ބުންޏެވެ.

ދެން ފާހަގަވެފައިވާ ވޭރިއެންޓުތައް ވެސް ވަނީ ގިނަ ގައުމުތަކަށް ފެތުރިފަ އެވެ. އެގޮތުން އިނގިރޭސި ވިލާތުން ފެނުނު އަލްފާ 180 ގައުމަކަށް، ދެކުނު އެފްރިކާއިން ފެނުނު ބީޓާ 130 ގައުމަކަށް އަދި ބްރެޒިލްއިން ފެނުނު ގެމާ 78 ގައުމަކަށް ފެތުރިފައި ވެ އެވެ.

ނަމަވެސް މި ވޭރިއެންޓުތަކަށް ވުރެ ޑެލްޓާ ފެތުރޭ ރޭޓު އަވަހެވެ. އެހެންވެ ބައެއް ގައުމުތަކުން ފެންނަ ކޭސްތަކުގެ 75 ޕަސެންޓަކީ މި ވޭރިއެންޓާ ގުޅިފައިވާ ކޭސްތަކެވެ.