Advertisement

ގްރީޒްމަން އަށް ފަސް ކްލަބެއްގެ ހުށަހެޅުން އެބައޮތް: ރިޕޯޓް

21 ޖުލައި 2021 - 09:37 0


ގްރީޒްމަން އަށް ފަސް ކްލަބެއްގެ ހުށަހެޅުން އެބައޮތް: ރިޕޯޓް

21 ޖުލައި 2021 - 09:37 0

ބާސެލޯނާ (ޖުލައި 21) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ދޫކޮށްލަން އެ ކްލަބުން ނިންމާފައިވާއިރު، އޭނާ ހޯދަން ފަސް ކްލަބަކުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ގްރީޒްމަން ފޮނުވާލަން ބާސެލޯނާ އިން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ ޖުމްލަ މުސާރައިގެ އަދަދު ލަލީގާގެ ގަވާއިދުގެ ތެރެއިން ފެއްތުމުގެ ގޮތުންނެވެ. ގްރީޒްމަން ހޯދަން ޝައުގުވެރިވާ ފަސް ކްލަބަކީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ބަޔާން މިއުނިކާއި ޕީއެސްޖީ، ޗެލްސީ އަދި ޔުވެންޓަސް އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ 120 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އަދި ގްރީޒްމަން އަށް ބާސެލޯނާއިން ދޭން ޖެހޭ އަދަދު 72 މިިލިއަން ޔޫރޯ އަަރަ އެވެ. އެއީ ބާކީ ތިން އަހަރަށް ވާ މުސާރަ އެވެ. އަހަރަކަށް ބަލާނަމަ އެއީ 24 މިލިއަން ޔޫރޯ އެވެ.

ބާސެލޯނާ އިން އެންމެ ފުރަތަމަ މަސައްކަތްކުރީ ގްރީޒްމަން އާއި އެތުލެޓިކޯގެ ސައުލް ނިގޭޒް ބަދަލުކުރާށެވެ. އެ ޓްރާންސްފާ ނުހިނގި އެންމެ ބޮޑު ސަބަބަކީ އެތުލެޓިކޯ އިން ގްރީޒްމަންގެ އިތުރުން ޓްރާންސްފާ ފީ އަކާ އެކު އެ ޑީލް ކުރިއަށް ގެންދަން ބޭނުންވުމެވެ. އެކަމަކު، ބާސެލޯނާ އިން އެ ގޮތަށް ކުރިއަށްދާން ބޭނުންނުވާތީ އެ ޑީލްގެ މަޝްވަރާތައް ހުއްޓާލީ އެވެ.

ގްރީޒްމަން ހޯދަން ދެން ހުށަހަޅާފައި އޮތީ ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީންނެވެ. އެ ދެ ކްލަބުން ވެސް ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ގްރީޒްމަން ގެންދާށެވެ. އެކަމަކު ބާސެލޯނާ އިން ބޭނުންވަނީ ގްރީޒްމަން ވިއްކާލާށެވެ. ބާސެލޯނާ އިން ގްރީޒްމަން ވިއްކާލަން ކިޔަނީ 30 މިލިއަން ޔޫރޯ އަށެެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި އަދި ކުރިއެރުމެއް ނުލިބޭތީ އެ ޓީމުން ވެސް ގްރީޒްމަން އަށް ފާރަލަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ޗެލްސީން ގްރީޒްމަންގެ ޑީލްގެ ވާހަކަތައް ފަށާނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑާއި ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ ތެރެއިން ފޯވާޑެއް ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އެެވެ.

ގްރީޒްމަން ހޯދަން އެންމެ ފަހުން ރޭހަށް ވަން ކްލަބަކީ ޔުވެންޓަސް އެވެ. ޔުވެންޓަސްގެ ހުށަހެޅުމަކީ ޕައޮލޯ ޑިބާލާ އާއި ގްރީޒްމަން ބަދަލުކުރުމެވެ. އެކަމަކު އެ ޓްރާންސްފާ ކުރިއަށް ދިއުމުގައި އޮތް ހުރަހަކީ ފަހަކަށް އައިސް ޑިބާލާ އަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ.

ބާސެލޯނާ އަށް ކުޅެދިން 99 މެޗުން ގްރީޒްމަން ވަނީ 35 ގޯލު ޖަހައި 17 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބާސެލޯނާއާ އެކު ހޯދުނީ މިދިޔަ ސީޒަނުގެ ކޮޕަ ޑެލް ރޭ އެކަންޏެވެ.