Advertisement

ބެޒޯސްއަށް ޖައްވުން ދުނިޔެ ފެނި އާޝޯހުވެއްޖެ

21 ޖުލައި 2021 - 08:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖެފް ބެޒޯސް ޖައްވުގައި. -- ފޮޓޯ: ބްލޫ އޮރިޖިން/ އޭއެފްޕީ


ބެޒޯސްއަށް ޖައްވުން ދުނިޔެ ފެނި އާޝޯހުވެއްޖެ

21 ޖުލައި 2021 - 08:51 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 20) - ދުނިޔޭގެ އެންމެ މުއްސަނދި މީހާ، ޖެފް ބެޒޯސް ރޭ ޖައްވަށް ކުރި ދަތުރުގައި ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ ދުނިޔޭގެ ރީތިކަން ފެނުން ކަމަށް އޭނާ ބުނެފި އެވެ.

"ޖައްވަށް ދިޔަ ކޮންމެ އެސްޓްރޮނޯޓަކު ވެސް ބުނަނީ އެއީ ވިސްނުމަށް ބަދަލުތަކެއް ގެނުވާ ކަމެކޭ. ޖައްވުން ދުނިޔެއަށް ބަލާލުމުން އާޝޯހުވޭ. ދުނިޔޭގެ ރީތިކަމާއި ބަލިކަށިކަން ފެނިފައި އާޝޯހުވޭ. އެއީ ހަގީގީ ވާހަކައެއްކަން މިއަދު އަހަންނަށް އެނގިއްޖެ،" އިންސާނުން ގޮވައިގެން ބްލޫ އޮރިޖިން އިން ޖައްވަށް ކުރި ފުރަތަމަ ދަތުރަށް ފަހު ބެޒޯސް ނޫސްވެރިންނަށް ބުންޏެވެ.

ބެޒޯސް ބުނީ ދުނިޔޭގެ ބިމުގައި ހުންނަ އެޓްމޮސްފިއާ "ވަރަށް ބޮޑު" ހެން ހީވި ނަމަވެސް، ޖައްވަށް ދެވުމުން އެޓްމޮސްފިއާއަކީ "ވަރަށް ތުނި ފަށަލައެއްކަށް" ސާފުވާ ކަމަށެވެ.

"އެއީ ހަގީގަތުގައި ވަރަށް ތުނި، ވަރަށް ބަލިކަށި ފަށަލައެއް. ދުނިޔޭގައި އަހަރުމެން މިހެން އުޅޭއިރު، އެ ފަށަލަ ދަނީ ހަލާކުވަމުން،" އޭނާ ބުންޏެވެ.

"ސިކުނޑިން އެކަން ވަޒަން ކުރުމާއި ހަމަ ލޮލަށް އެ މަންޒަރު ފެނުމާ އެއީ ވަރަށް ތަފާތު ދެ ކަންތައް."

ބެޒޯސްގެ ބްލޫ އޮރިޖިން ކުންފުނިން ވަނީ ހަތަރު މީހުން ޖައްވުގައި ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރު ނެތް ހިސާބަށް ގޮސް، އެކަން ތަޖުރިބާ ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

ބެޒޯސް ވަނީ އެ މިޝަންގެ އިންޖިނިއަރިން ޓީމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ދަތުރަށް ބޭނުން ކުރި ނިއު ޝެޕާޑް ރޮކެޓުގެ ޑިޒައިން އާކިޓެކްޗާ ދެން ބޭނުން ކުރާނީ އެއަށް ވުރެ ބޮޑު ނިއު ގްލެން ރޮކެޓު އުފައްދަން ކަމަށް އޭނާ ބުންޏެވެ.