Advertisement

އީދު ބަންދު ތެރޭ އިސްލާމިކް ބޭންކު ހުޅުވާނީ 21 އަދި 27 ގައި

19 ޖުލައި 2021 - 19:54 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް: އެމްއައިބީގެ އޭޓީއެމްތަކުންނާއި އޮންލައިންކޮށް ބޭންކުގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އީދު ބަންދު ތެރޭ އިސްލާމިކް ބޭންކު ހުޅުވާނީ 21 އަދި 27 ގައި

19 ޖުލައި 2021 - 19:54 0

ކުރިޔަށް މި އޮތް އީދު ބަންދު ޗުއްޓީގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ މި ޖުލައި މަހުގެ 21 އަދި 17 ގައި ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި ދުވަސްތަކުގައި އެމްއައިބީން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 2:00 ގެ ނިޔަލަށެވެ. އަދި ބޭންކަށް ހިދުމަތަށް އެދުމުގެ ކުރިން އެމްއައިބީން ބޭނުންކުރާ އޮންލައިން ކިއު އެޕްލިކޭޝަން "އޭންޓް ކިޔު" އިން އެޕޮއިންޓްމަންޓް ހެއްދުމަށް ނޫނީ ޓޯކަން ނެގަން ޖެހެ އެވެ.

މި ދުވަސްތަކުގައި ބޭންކު ހުޅުވައިގެން ހިދުމަތް ދިން ކަމުގައިވީ ނަމަވެސް، އެމްއައިބީން ވަނީ ކޮންމެހެން ޒަރޫރީ ނޫން ހާލަތްތަކުގައި ބޭންކަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، ބޭންކުގެ އޮންލައިން ހިދުމަތްތަކާއި ޑްރޮޕްބޮކްސް ހިދުމަތް ބޭނުންކޮށްގެން ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފަ އެވެ.

އެމްއައިބީން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި "ފައިސާ ނެޓް" އިންޓަނެޓް ބޭންކިން އަދި "ފައިސާާ ޕޭ" އީ-ބޭންކިން ހިމެނެ އެވެ.

އޭގެ އިތުރުން އެމްއައިބީގެ އޭޓީއެމްތަކުން ވެސް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އެވެ.