Advertisement

އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ގެސްޓްހައުސްތަކަށް އިލްތިމާސްކޮށްފި

18 ޖުލައި 2021 - 15:33 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭ ގައި: އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވާން ގެސްޓްހައުސްތަކަށް ވަނީ އިލްތިމާސްކޮށްފައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ގެސްޓްހައުސްތަކަށް އިލްތިމާސްކޮށްފި

18 ޖުލައި 2021 - 15:33 0

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއް ގޮތަށް ގެސްޓްހައުސްތައް ހިންގަން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ގޭމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވުމާއެކު އެ ސަރަހައްދުން ޓޫރިސްޓުން އައުން މަނާކޮށްފައި އޮތުމަށްފަހު، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނިކޮށް އޭގެ ކުރިން އެ ސަރަހައްދުގެ ފަތުރުވެރިންތަކަކަށް މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކަކުން ހިދުމަތް ދިން ކަން ހާމަވެފައިވާ ކަމަށެވެ.

ގޭމްއިން އިޝާރާތްކުރީ ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގެ ތެރެއިން ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތްދެމުންދިޔަ ތިން ގެސްޓްހައުސެއް ފާހަގަވެ، އެ ތިން ތަނުގެ ލައިސެންސް ސަސްޕެންޑުކުރި ކުރުމަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ ގަވައިދާ ހިލާފަށް އެ ގެސްޓްހައުސްތަކުން އަމަލުކުރި ގޮތް ކުށްވެރިކުރާ ކަމަށާއި، އަދި ޓޫރިޒަމް މިނިސްޓްރީން އެޅި ފިޔަވަޅަށް މަރުހަބާ ކިޔާ ކަމަށެވެ.

"މި ދަނޑިވަޅުގައި ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެނައުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްގެން މެނުވީ ކޮވިޑުގެ ހާލަތުން އަރައިނުގަނެވޭނެކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ހުރިހާ ގެސްޓްހައުސްތަކުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ގޭމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް ތިން ގެސްޓްހައުސްއަކުން ދެކުނު އޭޝިއާގެ ފަތުރުވެރިންތަކަކަށް ހިދުމަތްދިން ކަން ހާމަވެފައިވާއިރު، ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 ޓޫރިސްޓަކު ވެސް ވަނީ ދާދިފަހުން ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އިންޑިއާ މީހުންނެވެ.