Advertisement

ކުރީގެ ނޫޓުތަކަށް ބަދަލު ލިބޭނީ ޖުލައި 27ގެ ނިޔަލަށް

15 ޖުލައި 2021 - 18:06 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ސަރުކާރު ބަންދު ވާތީ މި އޮތޯރިޓީ ހުޅުވާފައި ހުންނާނީ ޖުލައި 21 އަދި ޖުލައި 27 ގައި އެކަނި -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ކުރީގެ ނޫޓުތަކަށް ބަދަލު ލިބޭނީ ޖުލައި 27ގެ ނިޔަލަށް

15 ޖުލައި 2021 - 18:06 0

މިނިވަން ދުވަސް ބަންދާއި ބޮޑު އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވާތީ ކުރީގެ ނޫޓުތަކަށް ބަދަލު ލިބޭނެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 27 ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފި އެވެ.

ކުރިން މި ފައިސާ ބަދަލު ކުރެވޭނެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޖުލައި މަހުގެ 31 އެވެ. ނަމަވެސް ސަރުކާރުން ޗުއްޓީ ދުވަސްތައް ދަންމާލުމާާ ގުޅިގެން އެމްއެމްއޭއިން އެ ތާރީހު މުރާޖާ ކުރީ އެވެ.

ކުރިއަށް އޮތް ދެ ހަފުތާ ސަރުކާރު ބަންދުވާތީ އެމްއެމްއޭ ހުޅުވާފައި ހުންނާނީ ޖުލައި 21 އަދި ޖުލައި 27 ވަނަ ދުވަހު އެކަންޏެވެ. އަދި މި ދެ ދުވަހު ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކުގައި އެޕޮއިންޓްމަންޓް ނުހަދާ އެމްއެމްއޭ އަށް ގޮސްގެން ފައިސާ ބަދަލު ކުރެވޭނެ އެވެ.

މި ތާރީހުގެ ފަހުން ކުރީގެ ނޫޓުތައް މިހާރު ގެންގުޅޭ "ރަން ދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓުތަކަށް ބަދަލު ކުރަން އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ނޫޓުގެ ތެރެއިން 145 މިލިއަން ރުފިޔާ އަދިވެސް ނުލިބެ އެވެ. މިއީ އޭރު ދައުރުވަމުން ދިޔަ 2.9 ބިލިއަން ރުފިޔާގެ ފަސް ޕަސެންޓެވެ.

ކަރުދާސް ނޫޓުތައް ރާއްޖޭގެ ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ.