Advertisement

ނިހާންގެ ރޮލެކްސް ގަޑި އާއި އެޕާޓްމެންޓް ދައުލަތަށް ނަގައިދޭން ވަނީ އެދިފައި

13 ޖުލައި 2021 - 15:01 2

ނިހާން: އޭނާގެ ރޮލެކްސް ގަޑި އާއި އެޕާޓްމެންޓް ދައުލަތަށް ނަގައިދޭން ވަނީ އެދިފައި


ނިހާންގެ ރޮލެކްސް ގަޑި އާއި އެޕާޓްމެންޓް ދައުލަތަށް ނަގައިދޭން ވަނީ އެދިފައި

13 ޖުލައި 2021 - 15:01 2

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރުގެ އެޕާޓްމެންޓާއި އަގުބޮޑު ރޮލެކްސް ގަޑި ދައުލަތަށް ނަގައިދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ބުނެފި އެވެ.

މަނީލޯޑްރިން ހިމެނޭ ގޮތަށް ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވާއިރު، މިހާތަނަށް އެ މައްސަލާގެ ޝަރީއަތް ފެށޭ ގޮތެއް ނުވެ އެވެ. ތިން ފަހަރެއްގެ މަތިން ޝަރީއަތް ތާވަލުކުރުމަށްފަހު ކެންސަލްކުރި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މަނީލޯޑްރިންގެ މައްސަލަތަކުގައި އެ އޮފީހުން ދައުލަތަށް ނަގައިދޭން އެދިފައިވާ މުދަލުގެ ތެރޭގައި ރޮލެކްސް ގަޑިއަކާއި ލޮރެކްސް އެޕާޓްމެންޓެއް ހިމެނެ އެވެ.

އެއީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ އެޕާޓްމެންޓާއި ގަޑިކަން ޕީޖީ އޮފީހުން ޔަގީންކޮށްދެ އެވެ. މިހާތަނަށް ނިހާންގެ މައްޗަށް ކުރާ ދައުވާތައް ޝަރީއަތުގައި އިއްވާފައެއް ނުވެ އެވެ.

އޭގެއިތުރުން ޝަމީމް ހާމަ ކުރައްވާފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ 10،011،889.20 ރުފިޔާ އާއި މަނީ ލޯންޑަރިން މައްސަލަތަކުގައި 70،740،291 ރުފިޔާ ދައުލަތަށް ނަގަން ދައުވާކޮށްފައިވާނެ ކަމަށެވެ. ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަކީ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ޝަމީމް މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތު އޭރުގެ ސިޔާސީ ގޮތުން ނުފޫޒުގަދަ ނިހާންގެ މައްޗަށް ކުރެވޭއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

އަދި، ނިހާންއަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑިންގެ ދައުވާ އާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާއެކެވެ.