Advertisement

ޗައިނާގައި ހޮޓަލެއް ވެއްޓި އަށް މީހުން މަރުވެއްޖެ

13 ޖުލައި 2021 - 10:33 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވެއްޓުނު އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ޝިންހުއާ


ޗައިނާގައި ހޮޓަލެއް ވެއްޓި އަށް މީހުން މަރުވެއްޖެ

13 ޖުލައި 2021 - 10:33 1

ބެއިޖިން، ޗައިނާ (ޖުލައި 13) - ޗައިނާގެ އިރުމަތީގައި އޮންނަ ސުޒައު ސިޓީގައި ހުންނަ ހޮޓަލެއް ވެއްޓި މަރުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

ސުޒައުގެ ސަރުކާރުން ބުނީ ހޯމަ ދުވަހު މެންދުރު ފަހު ވެއްޓުނު ހޮޓަލުގެ ދަށުވެ ނުވަ މީހަކު ގެއްލިފައިވާ ކަމަށެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އިމާރާތް ވެއްޓުނު އިރު އެތަނުގެ ތެރޭގައި ތިބި ގިނަ މީހުންނަކީ ހޮޓަލުގެ ގެސްޓުންނެވެ. ބިމާ ހަމަވެފައިވާ އިމާރާތުގެ ދަށުގައި ޖުމްލަ 23 މީހަކު ތާށިވިއިރު، ހަ މީހަކު ސަލާމަތްކޮށްފައި ވެ އެވެ.

ބާކީ ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 600 އަށް ވުރެ ގިނަ މީހުންނާއި 120 އުޅަނދު ދަނީ ހަރަކާތްތެރިވަމުންނެވެ.

ވެއްޓުނު ސީޖީ ކައިޔުއާން ހޮޓަލަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ސުޒައު ސިޓީގެ ބަޖެޓު ހޮޓަލެކެވެ. ދައުލަތުގެ މީޑިއާ ސީސީޓީވީން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ހޮޓަލް ހުޅުވާފައި ވަނީ 54 ގެސްޓު ރޫމާއެކު 2018 ގަ އެވެ. އެ ތަނުގައި ބެންކުއެޓް ހޯލަކާއި ކޮންފެރެންސް ރޫމްތައް ވެސް ހުރެ އެވެ.

ކޮރަޕްޝަނާއި ރައްކާތެރިކަމުގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ނުކުރާތީ އިމާރާތް ވެއްޓުމުގެ ހާދިސާތައް ވަރަށް ގިނައިން ޗައިނާގައި ހިނގަ އެވެ.