Advertisement

އެފް9 ވައްޓާލުމަށް ފަހު ބްލެކް ވިޑޯ ބޮކްސް އޮފީހުގެ އެއް ވަނައަށް

12 ޖުލައި 2021 - 14:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބްލެކް ވިޑޯގެ ޕޯސްޓަރެއް.--


އެފް9 ވައްޓާލުމަށް ފަހު ބްލެކް ވިޑޯ ބޮކްސް އޮފީހުގެ އެއް ވަނައަށް

12 ޖުލައި 2021 - 14:00 0

ލޮސް އެންޖެލިސް، އެމެރިކާ (ޖުލައި 12) - ޑިޒްނީގެ އާ ސުޕަހީރޯ ފިލްމު، "ބްލެކް ވިޑޯ" ރިލީޒް ކުރި ހަފްތާ ބަންދުގައި ހޯދި 80 މިލިއަން ޑޮލަރާއެކު ބަލިމަޑުކަމުގައި އެންމެ ކާމިޔާބު ފިލްމުގެ މަގާމު އެ ފިލްމުން ހޯދައިފި އެވެ.

ކުރިން އެ މަގާމު ލިބުނު ޔުނިވާސަލްގެ އެކްޝަން ތްރިލާ "އެފް9: ދަ ފާސްޓް ސޭގާ" އަށް ނިމުނު ހަފްތާ ބަންދުގައި ލިބުނީ 10.9 މިލިއަން ޑޮލަރެވެ. ވިން ޑީސެލް އާއި މިޝޭލް ރޮޑްރިގުއޭޒް އަދި ޖޯން ސޯނާ އުޅޭ "ފާސްޓް އެންޑް ފިޔުރިއަސް" ފިލްމު ސީރީޒްގެ ނުވަ ވަނަ ފިލްމު ނެރުނު ހަފްތާ ބަންދުގައި 70 މިލިއަން ޑޮލަރު ލިބުނެވެ.

މިހާރު އެއް ވަނައިގައި އޮތް "ބްލެކް ވިޑޯ" ގެ ސުޕަހީރޯއަކީ އެކްޓްރެސް ސްކާލެޓް ޖޮހެންސަން އެވެ. ކެޓް ސޫޓެއްގައި އުޅޭ ސުޕަސްޕައިއެއްގެ ރޯލުން އޭނާ ފެންނަ އެ ފިލްމަށް ތިއޭޓަރުތަކުން ލިބުނު 80 މިލިއަން ޑޮލަރުގެ އިތުރުން ޑިޒްނީ ޕްލަސްގައި ދައްކައިގެން 60 މިލިއަން ޑޮލަރު އަދި ބައިނަލްއަގްވާމީ ތިއޭޓަރުތަކުގައި ދައްކައިގެން ލިބުނު 78 މިލިއަން ޑޮލަރާއެކު މި ހަފްތާ ބަންދުގައި އެކަނިވެސް 218 މިލިއަން ޑޮލަރު ލިބިފައި ވެ އެވެ.

އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބެމުން ދާއިރު، މިހާތަނަށް ޗައިނާގައި ރިލީޒްކޮށްފައެއް ނުވެ އެވެ. ޗައިނާގައި ރިލީޒް ކުރުމާއެކު ފިލްމަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ބޮކްސް އޮފީހުގެ ތިން ވަނައިގައި މިހާރު އޮތީ "ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް" އެވެ. އެ އެނިމޭޓެޑް ފިލްމުގެ ކެރެކްޓާތަކަށް އަޑު އަޅާފައި ވަނީ އެލެކް ބޯލްޑްވިން، އެވާ ލޮންގޯރިއާ، ޖެފް ގޯލްޑްބްލަމް އަދި ލީސާ ކުޑްރޯ އެވެ.

ހަތަރު ވަނައިގައި ބިރުވެރި ފިލްމު "ދަ ފޮއެވާ ޕާޖް" އޮތް އިރު، ފަސް ވަނަ ލިބުނީ ވެސް ބިރުވެރި ފިލްމު "އަ ކުވައިޓް ޕްލޭސް: ޕާޓް 2" އަށެވެ.