Advertisement

ޗައިނާ އާއި އުތުރު ކޮރެއާއިން ގުޅުން ބަދަހި ކުރަން އެއްބަސްވެއްޖެ

11 ޖުލައި 2021 - 13:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.-- ފޮޓޯ: ބެންކޮކް ޕޯސްޓް


ޗައިނާ އާއި އުތުރު ކޮރެއާއިން ގުޅުން ބަދަހި ކުރަން އެއްބަސްވެއްޖެ

11 ޖުލައި 2021 - 13:35 0

ސޯލް، ދެކުނު ކޮރެއާ (ޖުލައި 11) - އުތުރު ކޮރެއާ އާއި ޗައިނާގެ އެކުވެރިކަމުގެ އެއްބަސްވުމަށް 60 އަހަރު ފުރުމާ ގުޅިގެން ދެ ގައުމުން ގުޅުން އިތުރަށް ބަދަހި ކުރަން އެއްބަސްވެއްޖެ އެވެ.

ޗައިނާ އާއި އުތުރު ކޮރެއާގެ ގުޅުން ބަދަހިވީ ކޮރެއާ ހަނގުރާމައިގެ ތެރޭގަ އެވެ. އެގޮތުން ޗައިނާގެ ލީޑަރު މާއޯ ޒެޑޮންގް ވަނީ އެތައް މިލިއަން ސިފައިންނެއް އުތުރު ކޮރެއާއާއެކު އެމެރިކާ އާއި ދެކުނު ކޮރެއާގެ ފައުޖާ ދެކޮޅަށް ހަނގުރާމަ ކުރަން ފޮނުވާފަ އެވެ.

އޭގެ ފަހުން ޖުލައި 11، 1961 ގައި ދެ ގައުމުން ވަނީ އެކުވެރިކަމާއި، ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގިނަ ކުރާ ކަމުގެ ތުހުމަތާއެކު ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

"ބައިނަލްއަގްވާމީ ހާލަތް އެކި ގޮތް ގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، އުތުރު ކޮރެއާ އާއި ޗައިނާއާ ދެމެދުގައިވާ އިތުބާރާއި އަސްކަރީ އެކުވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަވަމުން،" ލީޑަރު ކިމް ޖޮންގް އުން ޗައިނާގެ ޝީ ޖިންޕިންއަށް ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

ޝީ ފޮނުއްވި މެސެޖުގައި ވިދާޅުވީ ދެ ގައުމާއި ދެ ގައުމުގެ ރައްޔިތުންނަށް "އިތުރު އުފާވެރިކަން" ގެނެސްދޭން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެކަން ކުރެވޭނީ އެކުވެރިކަމާއި ބަދަހި ގުޅުން އިތުރު ހަރުފަތްތަކަށް ގެންގޮސްގެން ކަމަށެވެ.

ކިމް 2011 ވަނަ އަހަރު ކޮރެއާގައި ވެރިކަން ކުރަން ފެއްޓެވި އިރު ޗައިނާއާއެކު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެގޮތުން ޗައިނާއަށް ދަތުރުފުޅެއް ނުކުރައްވާ ހުންނެވުމަށް ފަހު ޝީ އާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އޭގެ ހަތް އަހަރު ފަހުން 2018 ގަ އެވެ.

ނަމަވެސް އޭގެ ފަހުން ކިމް އާއި ޝީ އާ ދެމެދު ފަސް ބައްދަލުވުން މިހާތަނަށް ބާއްވަވާފައި ވެ އެވެ.