Advertisement

ފްރަންޓްލައިން މަރުތައް ގިނަ ވާތީ އިންޑޮނީޝިއާގައި ތިން ވަނަ ޑޯޒެއް ދެނީ

10 ޖުލައި 2021 - 12:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާ ސަހަރާއެއް.-- ފޮޓޯ: އޭއެފްޕީ/ ބޭ އިސްމޮޔޯ


ފްރަންޓްލައިން މަރުތައް ގިނަ ވާތީ އިންޑޮނީޝިއާގައި ތިން ވަނަ ޑޯޒެއް ދެނީ

10 ޖުލައި 2021 - 12:34 0

ޖަކާޓާ، އިންޑޮނީޝިއާ (ޖުލައި 9) - ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިންޑޮނީޝިއާގެ ފްރަންޓްލައިނުގައި އުޅޭ ސިއްހީ މަސައްކަތްތެރިންނަށް މޮޑާނާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ނިންމައިފި އެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު އިންޑޮނީޝިއާގައި ހަލުވިކަމާއެކު ފެތުރި، ކުއްލިއަކަށް ކޭސްތައް ވަނީ އިތުރުވެފަ އެވެ. އެ ގައުމުގެ ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް ގިނައިން ދީފައިވަނީ ޗައިނާގެ ސިނޮވެކް ވެކްސިނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި 1000 އަށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ތެރެއިން 50 ޕަސެންޓު މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް އިންޑޮނީޝިއާގެ މެޑިކަލް އެސޯސިއޭޝަނުން ބުނެ އެވެ. އެހެންވެ، ސިނޮވެކް ވެކްސިނާ މެދު ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

ހެލްތު މިނިސްޓަރު ބުދީ ގުނާދީ ސަދިކިން ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ 1.47 މިލިއަން ސިއްހީ މަސައްކަތްތެރިންނަށް ތިން ވަނަ "ބޫސްޓާ" ޑޯޒެއް ދިނުމަށް ކަމަށެވެ. އެ ޑޯޒް ދޭނީ އެމެރިކާގެ ބަޔޯޓެކް ކުންފުނި މޮޑާނާގެ ވެކްސިނުންނެވެ.

"ތިން ވަނަ ޑޯޒް ދޭނީ ހަމައެކަނި ސިއްހީ މަސައްކަތްތެރިންނަށް. އެއީ ކޮންމެ ދުވަހަކު އެ މީހުން ވައިރަހުގެ ނުރައްކަލަށް ހުށަހެޅޭތީ،" ޕްރެސް ކޮންފަރެންސެއްގައި ސަދިކިން ވިދާޅުވި އެވެ.

"ކޮންމެ އަގެއް އަދާކޮށްގެން ވެސް އެ މީހުން ރައްކާތެރި ކުރަން ޖެހޭނެ."

އޭނާ ވިދާޅުވީ މޮޑާނާ ވެކްސިންގެ ހަތަރު މިލިއަން ޑޯޒްގެ ޑޮނޭޝަނެއް ވަރަށް އަވަހަށް އެމެރިކާއިން އިންޑޮނީޝިއާއަށް އަންނާނެ ކަމަށާއި އެއާއެކު ސިއްހީ މަސައްކަތްތެރިންނަށް ތިން ވަނަ ޑޯޒް ދޭން ފަށާނެ ކަމަށެވެ.

މޮޑާނާ އާއި ސިނޮވެކުން އުފެއްދި ކޮވިޑް ވެކްސިން ވެސް ފުރިހަމަ ވަނީ ދެ ޑޯޒް ޖެހުމުންނެވެ.

މޮޑާނާއިން ބުނެފައިވަނީ ކޮވިޑް ވައިރަހުން ބަލިވުމާ ދެކޮޅަށް ވެކްސިން 90 ޕަސެންޓް އިފެކްޓިވް ކަމަށެވެ. އަދި ހާލު ގޯސްވުމާ ދެކޮޅަށް 95 ޕަސެންޓު އިފެކްޓިވް ކަމަށެވެ. އެކަމަކު މޮޑާނާއާ އަޅާ ބަލާއިރު ސިނޮވެކުން ލިބޭ ރައްކާތެރިކަން ކުޑަ އެވެ.