Advertisement

ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

5 ޖުލައި 2021 - 09:31 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ލަންކާ އިން ހައްޔަރުކުރި ދިވެހި މީހާގެ ވަނަވަރެއް އަދި އެ ގައުމުގެ ފުލުހުން އާއްމެއް ނުކުރޭ.


ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

5 ޖުލައި 2021 - 09:31 0

ސްރީ ލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގެ ތުހުމަތަށް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދިވެހި ފިރިހެން މީހާ ހިމެނުނީ އެކި މީހުންނާ ހަވާލުކޮށްގެން 15 އަހަރުގެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގަ އެވެ.

އެކަމަކު އޭނާގެ މައްޗަށް ކުރާ ތުހުމަތެއް އަދި ސާފެއް ނޫނެވެ. އޭނާ އަކީ ކާކު ކަމެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެކަމަކު ދިވެހި މީހާއާ އެކު އެ މައްސަލައިގައި މިހާތަނަށް 32 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި މައުންޓް ލެވީނިއާ ސަރަހައްދުގައި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަންމަ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް އެކަމުގައި ބައިވެރިވި އެކި މީހުން ހައްޔަރުކޮށްފައިވާ އިރު އަދިވެސް ތުހުމަތުކުރާ މީހުންތަކެއް ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުޅާދާއިރާއެއްގައި އެކަން ކުރަމުން ދިޔައީ، ލަންކާ ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ވިއްކުމަށް ވެބްސައިޓެއް ވެސް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ދިވެހި މީހާގެ އިތުރުން ކުއްޖާ އިޝްތިހާރުކުރަން ވެބްސައިޓު ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ.