Advertisement

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ބުނި މީހާ އެމްޑީޕީން ވަކިކުރަނީ

4 ޖުލައި 2021 - 21:59 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރު ކުރި މީހާ---


އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ބުނި މީހާ އެމްޑީޕީން ވަކިކުރަނީ

4 ޖުލައި 2021 - 21:59 0

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާ އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު، 42، އެވެ.

އެމްޑީޕީން މިއަދު ބުނީ އިނާދު އެ ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ އޭނާ ގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެފަދަ އަމަލުތަކަކީ އެ ޕާޓީން ގަބޫލު ކުރާ ކަމަކަށް ނުވާއިރު, އެފަދަ ކުށްވެރީންނަށް ހައްގު އަދަބު ދިނުމަށް ވަނީ އެމްޑީޕީން ގޮވައިލައިފަ އެވެ. އަދި އެ އަމަލު އެ ޕާޓީން ކުށްވެރި ކުރެ އެވެ.

ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިއްޔެ ސަމާލުކަން ލިބިގެން ދިޔަ ޓްވީޓަކީ, ބެލެވޭ ގޮތުގައި ފޭކު އެކައުންޓަކުން ކޮށްފައިވާ ޓްވީޓެކެވެ. އެ ޓްވީޓުކޮށްފައިވަނީ "ރޯޔަލް ހުސެއިން ތަކުރު" ކިޔާ އެކައުންޓަކުންނެވެ.

އޭގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރުޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

ޓްވީޓުގައި ދިން އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުޓީ ވަރުގަދަކޮށް ދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފައިވާއިރު، ފުލުހުން ބުނި ގޮތުގައި އެ ދެ ތަނުގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއާގެ މައްސަލަ އަނެއްކާވެސް ހޫނުވެފައިމިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ ގުޅޭ ގޮތުން "ދިޔަރެސް" ނޫޙުގައި ލިޔުނު ރިޕޯޓެއްގެ މައްސަލާގައި ހައި ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. އިންޑިއާ ހައި ކޮމިޝަނުން ވަނީ އެ ނޫހުގެ މައްސަލަ ބަލައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

އަދި، މިހާރު އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފަ އެވެ.