Advertisement

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ފޮނުވަނީ

4 ޖުލައި 2021 - 19:53 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހެކި ހޯދަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ފޮނުވަނީ

4 ޖުލައި 2021 - 19:53 0

ރަހީނުކޮށް މަރާލައި، މޫދަށް އެއްލާލާފައި އޮށްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ އިންޑިއާއަށް ފޮނުވުމަށް ނިންމައިފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު އެ ކުއްޖާ ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް، އެ ކުއްޖާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.

ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ލަސްވި ސަބަބާ ގުޅޭގޮތުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގައި ރާއްޖޭން ބޭރުން ކުރަން ޖެހޭ ކަންކަން ހުރުމުން އެކަމަށް ވަގުތު ނެގީ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން އެކަމަށް އިތުރު ވަގުތު ނެގީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާ މަރާލި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭގެ ތެރެއިން ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރިއިރު ކުޑަކުއްޖާގެ ބަންދަށް 23 ވަނަ ދުވަހު ޖެހީ 15 ދުވަހެވެ.

މަރާލާފައި މޫދުގައި އޮއްވާ ފެނުނުއިރު އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމާއި ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން އެނގިފައިވެ އެވެ.