Advertisement

ކުޑަކުދިން ލައްވާ އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

28 ޖުލައި 2021 - 10:10 4

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ: ހުޅުމާލެ ސަހަރާ މިސްކިތުގައި އިމާމްވެ ކުޑަކުދިންތަކެއް ނަމާދު ކުރަމުން އަންނަ މައްސަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވޭ-- ފޮޜޯ: ހުސެން ޝަޔާހު


ކުޑަކުދިން ލައްވާ އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

28 ޖުލައި 2021 - 10:10 4

ދަސްކޮށްދިނުމުގެ ބޭނުމުގައި ވެސް މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ދާދި ފަހުން ވަނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލަ ފެންމަތިވެފަ އެވެ. އެ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިން ކަމަށް މައުލޫމާތު ލިބެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ "އަދަދު" އަށް ވިދާޅުވީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދު ކުރާ މައްސަލައެއް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

ހުޅުމާޅެ ސަހަރާ މިސްކިތް: އެ މިސްކިތުގައި ނަމާދު ކުރަމުން އައިސްފައި ވަނީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންތަކެއް ކަމަށް މައުލޫމާތު ލިބޭ-- ފޮޓޯ: އަދަދު


"އެ މީހުން ކުޑަކުދިން ލައްވާ ޖަމާއަތުގަ ނަމާދުކުރުވި. ދެން އަޅުގަނޑުމެން އެހީމަ ބުނީ އެއީ ކޯސް ހަދާ ކުދިން ކަމަށާއި އެއީ އެ ކުދިން ޓްރެއިން ކުރުވަން ކުރާ ކަމެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް އަންގާފައިވާނެ މިހާރު."

ނަމަވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެ ކަން މިނިސްޓްރީން މިހާރު އެ ފަރާތްތަކަށް އަންގާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އީދު ބަންދަށް ފަހު ރާއްޖޭގެ ހުރިހާ ރަށްތަކަށް މިނިސްޓްރީން ސާކިއުލާއެއް ފޮނުވައި އެފަދަ ކަންކަން ނުކުރުމަށް އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތުގައި ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކު އެވެ. ހުއްދަ ނެތި އިމާމުވެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ.