Advertisement

އަމަންޓޭގެ ވީޑިއޯގްރަފީ ހަޔާތުން ދިން އަސްލު ހަދިޔާ؛ ވްލޮގް

5 ޖުލައި 2021 - 11:54 5

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އަމަންޓޭގެ ވީޑިއޯގްރަފީ ހަޔާތުން ދިން އަސްލު ހަދިޔާ؛ ވްލޮގް

5 ޖުލައި 2021 - 11:54 5

"ފުރަތަމަ ވްލޮގް ކުރަން ފެށީމާ މީހުން އަހަނީ ކީއްވެހެއްޔޭ ބަޔަކު އެއަށް ޝައުގުވެރި ވާންވީ. ބަޔަކަށް ކޯއްޗެއް ހެއްޔޭ އަމަންޓޭގެ ވްލޮގުން ހާސިލުކުރެވޭނީ,"

ސިނަމެޓިކް-ޑޮކިއުމެންޓްރީ ސްޓައިލަށް ކައިވެނީގެ ވީޑިއޯ ޝޫޓްކުރާ ޒުވާން ވީޑިއޯގްރާފަރު، މުހައްމަދު އަމާން (އަމާންޓޭ)، އޭނާގެ ބަރު ކެމެރާގެ ފަހަތުގައި މިދިޔަ އަށެއްކަ އަހަރު ކުރި ބުރަ މަސައްކަތާއި ހޯދި ތަޖުރިބާ އާއި ދަސްކުރި އަހުލާގާއި ދިރިއުޅުން ކެމެރާގެ ކުރިމައްޗަށް ގެނެސް ދައްކަން ފެށުމުން އެއް ބަޔަކު ކުރީ މި ސުވާލެވެ. އެކަމަކު 34 އަހަރުގެ މި ކާމިޔާބު ވީޑިއޯގްރާފަރަށް އޭނާ ކުރާ މަސައްކަތާއި ދާއިރާއިން އޭނާ ހޯދި ތައުލީމަކީ ފޮޓޯ އާއި ވީޑިއޯގްރަފީ ގައި ކާމިޔާބު ކެރިއަރެއް ބިނާކުރަން ޝައުގުވެރިވާ މީހަކަށް އެހީއެއްގެ ގޮތުގައި ހަދިޔާކޮށްލެވޭ ވަރުގެ "މުދަލެކެވެ".

ކޮރޯނާ ވައިރަހުގެ މި ޕެންޑެމިކެއް އައިސްގެން، އާންމުކޮށް އުޅޭ ބުރަ ޝެޑިއުލް އިން އަވައްޖެއް ވުމުން ތަފާތު ކަމެއް ކުރުމަށް ލިބުނު ހިއްވަރާއެކު، އާންމުކޮށް އޭނާގެ މަސައްކަތުގެ ދުވަހެއްގައި ކެމެރާގެ ފުރަގަހުގައި ހިނގާ ހުރިހާ ކަމެއް ކެމެރާގެ ކުރިމައްޗަށް ގެނެސް "ވްލޮގް" ތަކެއްގެ ސިފައިގައި ޓިކްޓޮކް އާއި ޔޫޓިއުބް ގައި ހިއްސާކުރަން ފެށީ މި ސަބަބާ ހެދި އެވެ. "އަދަދު" ގެ މި އާޓިކަލް ގައި އަމާން މި ކިޔައިދެނީ މި "ވްލޮގް ފޯރި" އެއްގެ އަސްލު ސަބަބާއި، ވީޑިއޯގްރަފީގެ ނުފެންނަ ފަރާތެވެ.

"އަހަރެންގެ މި ވްލޮގްތަކުގައި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށްދެން. ޕްރޮޖެކްޓް ތަކަށް ވަރަށް ގިނައިން ދަތުރުކުރަން. އެހެންވީމަ މި ވްލޮގްތަކަކީ ޕްރޮޕެޝަނަލް ވީޑިއޯގްރާފަރެއްގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި އޭނާ ކުރާ ކަންކަން ދައްކުވައިދީ، މޮޅު ފޮޓޯ އަދި ވީޑިއޯގްރާފަރަކަށް ވާން ބޭނުންވާ ހިންޓް އަދި މައުލޫމާތު ލިބޭނެ ވީޑިއޯތަކެއް،" އަމާން ބުންޏެވެ.

އަމާން ބުނީ އޭނާގެ ޔޫޓިއުބް ޗެނަލުގައި ކުރިއަށް ހުރީ ފޮލޯކޮށްލަން ރަނގަޅު މައުލޫމާތު މުއްސަނދި ވީޑިއޯތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޕްރޮޑަކްޓް ރިވިއުތަކާއި ކްރިއޭޓިވް ދާއިރާތަކުގެ އެކި މީހުން ފީޗާކޮށް އެމީހުންގެ ތަޖުރިބާތަކާއި އެކްސްޕާޓް ޓިޕްސް ހިއްސާކުރުން ފަދަ ކަންކަން ކުރިއަށް ޕްލޭންތަކުގައި އެބަހުރި ކަމަށެވެ.

"މިއީ މި މީހުން ފޮލޯ ކުރާ ކުދިންނަށް ވަރަށް އެޑިއުކޭޓިވް ވީޑިއޯ ތަކަކަށް ވާނެ،"

ފިލްޓަރެއް ނެތި ދިރިއުޅުން ކެމެރާކުރަން އަމާން މި ފެއްޓި ވްލޮގިން އަކީ އޭނާ އަށް ވެސް ޗެލެންޖެކެވެ. އެހެން މީހުންނަށް އެހީވާން މި ކުރާ މަސައްކަތުގައި އަމާން ވެސް އާ ކަންތައްތަކެއް ދަސްކޮށް އާ ޒިންމާތަކަކަށް ހޭނެނީ އެވެ.

"އަމާން އަކީ ކެމެރާ އަށް ޝައި މީހެއް. އެކަމަކު މިހާރު އެ ކޮންފިޑެންސް ވެސް އެބަ ވަރުގަދަކުރެވޭ މަޑުމަޑުން. މިރާދަކުރެއްވިއްޔާ މިއީ ހަމަ ވަރަށް ފައިދާހުރި އެޑިއުކޭޓެޑް އަދި އިންސްޕަޔަރިން ވީޑިއޯތަކަކަށް ހެދުން އަޒުމަކީ،" އަމާން ބުންޏެވެ.