Advertisement

އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ އެސްޑީއެފްސީގެ ސްޓިމިއުލަސް ލޯނަށް އެދެން ހުޅުވާލައިފި

5 ޖުލައި 2021 - 11:03 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ ފިހާރައެއް: އެސްޑީއެފްސީން މިފަހަރު މާލީ އެހީގެ އިތުރުން ފަންނީ ލަފާދޭން ބިޒްނަސް ކްލިނިކް ހިދުމަތް ދޭނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ އެސްޑީއެފްސީގެ ސްޓިމިއުލަސް ލޯނަށް އެދެން ހުޅުވާލައިފި

5 ޖުލައި 2021 - 11:03 0

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ކޮވިޑް-19އާ ގުޅިގެން އަލަށް ތައާރަފުކުރި ވިޔަފާރި އެހީ ލޯނަށް އެދެން ޝަރުތުހަމަވާ ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

އެސްޑީއެފްސީގެ ވިޔަފާރި އެހީ ލޯނަކީ އެއް މިލިއަން ރުފިޔާއާ ހަމަައަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން ސަރުކާރުން ތައާރަފުކުރި ލޯނެކެވެ. މިއީ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭ އިންޓްރެސްޓް ކުޑަ ލޯނެކެވެ.

ވިޔަފާރި އެހީ ލޯނުގެ ތެރެެއިން ވިޔަފާރިތަކަށް ތިން ޕެކޭޖެއްގެ ތެރެއިން ދޫކުރާނެ އެވެ. އެއީ ވިޔަފާރި ހިންގަން ބޭނުންވާ ވޯކިން ކެޕިޓަލް އާއި ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ޕްރޮޖެކްޓް ކެޕިޓަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށާއި ސިންދަފާތުކުރަން ބިޒްނަސް ސަސްޓެއިނަބިލިޓީ ލޯނެވެ.

ކޮވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނުގެ ތަފްސީލު -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)


އެސްޑީއެފްސީން މައުލޫމާތު ދީފައިވާ ގޮތުގައި މި ލޯނުތަކަަށް އެދެން ޖެހެނީ އެ ބޭންކުގެ އޮންލައިން ޕޯޓަލްއިންނެވެ.

މިފަހަރުގެ ލޯން އެޕްލިކޭޝަންތަކުގައި ވިޔަފާރިތަކަށް ފަސޭހަ ކުރުމުގެ ބޭނުމުގައި ފޯމުގައި ހުންނަނީ ވަރަށް އާންމު މައުލޫމާތެވެ. އަދި މާ ގިނަ ޓެކްނިކަލް މައުލޫމާތުތަކެއް ހިމަނާފައެއް ނުވެ އެވެ.

ލޯނަށް ހުށައަޅާ ވިޔަފާރިތަކުގެ ހުންނަންޖެހޭ ޝަަރުތުތައް:

  1. 2018 އިން ފެށިގެން 2020 އަށް ތިން އަހަރު ފައިދާ ވެފައިވާ ވިޔަފާރިއަށް ވުން
  2. މިދިޔަ އަހަރު ތެރޭގައި އެއްވެސް ލޯނެއް ޑީފޯލްޓް ވެފައި ނުވުން
  3. މިހާރު ލޯނެއް ނަގާފައިވާނަމަ، އާ ފެސިލިޓީގެ ތެރެއަށް ތާވަލުކުރެވޭ
  4. ވޭތުވެ ދިޔަ އަހަރު މެދުނުކެނޑި ވިޔަފާރި ކުރުން

މި ލޯން ސްކީމްގެ ތެރެއިން ވިޔަފާރިތަކަށް ރަހުނަކާ ނުލައި ލޯނު ލިބެނޭ އެވެ. މި ލޯނުތައް އަނބުރާ ދައްކަން ފަސް އަހަރާއި އަށް އަހަރު ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަދި ވިޔަފާރި ފުޅާކުރަން ހާއްސަ ލޯން ޕެކޭޖް ފިޔަވާ އެހެން ލޯނަކަށް އެދޭނަމަ އިކުއިޓީ ބަހައްޓާކަށް ނުޖެހެ އެވެ.

ކުދި ވިޔަފާރިތަކަށް ލޯނު ލިބޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ވުޖޫދަށް ގެނައި އެސްޑީއެފްސީން ވަނީ މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފަ އެވެ. މީގެ ތެރެއިން 700 މިލިއަން ރުފިޔާގެ ލޯނު ވަނީ ވިޔަފާރިތަކަށް ދޫކޮށްފަ އެވެ.