Advertisement

ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

1 ޖުލައި 2021 - 11:28 0

އަމަން ހަލީމް

އަމަން ހަލީމް

ހޯރަފުށި އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް: ހޯރަފުށި އެއާޕޯޓްގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ހަވާލުކުރީ މިފަހުން ލިބުނު ގެއްލުންތައް މަރާމާރު ކުރުމަށް ފަހު -- ފޮޓޯ: މޯލްޑިވިއަން


ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

1 ޖުލައި 2021 - 11:28 0

މިފަހުން ވިއްސާރައިގައި ގެއްލުންތައް ލިބުނު ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ހޯރަފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތު ރަންވޭ ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 90.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓް ރަންވޭގެ ދެ ފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮށި ލުމާއި އެއާޕޯޓާއި ރަށާ ގުޅުވާލަދޭ ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހޯރަފުށި އެއާޕޯޓުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލުކުރީ، ނިމުނު އޭޕްރިލް މަހު ތޫފާން ޓެއިޓެއިގައި ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. މި ގެއްލުންތަކުގެ ސަބަބުން އެއާޕޯޓް މަރާމާތުކޮށް ނިންމުމަށް ފަހު އަލުން ހުޅުވީ ބަންދުކުރިތާ ހަތަރު ހަފުތާ ފަހުންނެވެ.

އެއާޕޯޓުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ސޭފްޓީ އިވެލުއޭޝަން ހެދީ އެމްޓީސީސީންނެވެ. އެމްޓީސީން ބުނީ މި ގެއްލުންތައް މަރާމާތު ކުރަން ތިން ލައްކައެއްހާ ރުފިޔާ ހޭދަވި އެވެ.

ގާތްގަނޑަކަށް 210 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މި އެއާޕޯޓުގެ އީއައިއޭގައި ވެސް ގޮނޑުދޮށް ހިމާޔަތްކުރަން ހިމެނި އެވެ. ސަރުކާރުން ބުނީ އޭރު އެ މަސައްކަތް އޮތީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް ފަހު، މަޝްރޫއު ފެށުމުގެ މަރުހަލާގައި ކަމަށެވެ.