Advertisement

ރާއްޖެއިން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހުންނަށް ދައުވާ ކުރަނީ

29 ޖޫން 2021 - 15:00 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތައް: ޖުމްލަ 21 ފޮށީގައި ބޭރުކުރަން އުޅުނު އެ ތަކެތީގައި 429 ކިލޯ ހުރި-- ފޮޓޯ: ކަސްޓަމަސް


ރާއްޖެއިން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހުންނަށް ދައުވާ ކުރަނީ

29 ޖޫން 2021 - 15:00 0

މިދިޔަ ޖެނުއަރީގައި ރާއްޖެއިން ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު ބަޔަކާއި މިޔަރުގެ މަސްވެރިކަން ކުރަމުންދަނިކޮށް ކަނޑުމަތިން އަތުލައިގަތް ބަޔަކަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ހިފަހައްޓާފައި ވަނީ 21 ފޮށި ގަނޑުގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަ އެވެ. އޭގެ ތެރޭގައި ލޮނު އެޅި މިޔަރު މަސް ވެސް ހުއްޓެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަމުންދިޔަ ހަތަރު މީހަކު މަސްވެރިކަން ކުރި އޮޑިއާއެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ދޯނި ބަލާ ފާސްކުރި އިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނުނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ދެ މައްސަލަ ވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަތައް މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.

މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ މަނާ ތަކެތި އެކްޕޯޓު ކުރަން އުޅުމުގެ ތުހުމަތެވެ.

އެ މައްސަލާގައި ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ މިޔަރު މަސްވެރިކަން ކުރަމުންދިޔަ މީހުންނާމެދު ފިޔަވަޅުއަޅަން އެ އޮފީހުން ތައްޔާރު ވެފައިވާ ކަމަށެވެ.

އެ މައްސަލައިގަ ވެސް ދައުވާ ކުރަން ފޮނުވާފައިވާއިރު ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ފުލުހުންނާ ގުޅިގެން އދ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރަމުންދާ ކަމަށް ބުނާ މައްސަލައެ ބަލަން ފަށާފައިވާ ކަމަށެވެ.