Advertisement

މި އަހަރުގެ މިހާތަނަށް އެންމެ މަގްބޫލު ނެޓްފްލިކްސް އޮރިޖިނަލް ފިލްމުތައް

ފިލްމު "އެކްސްޓްރެކްޝަން" ގެ މަންޒަރެއް.-- ފޮޓޯ: ނެޓްފްލިކްސް


މި އަހަރުގެ މިހާތަނަށް އެންމެ މަގްބޫލު ނެޓްފްލިކްސް އޮރިޖިނަލް ފިލްމުތައް

ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެންމެން ގޭގައި ބަންދުވެ ތިބެން ޖެހުމާއެކު ނެޓްފްލިކްސް ވެފައި ވަނީ ފޫހިފިލުވާލަން ގިނަ ބަޔެއްގެ އެންމެ ގާތް އެކުވެރިޔާ އަށެވެ.

ދަތުރު ކުރެވޭނެ ގޮތެއް ނެތި އެއް ތަނެއްގައި ތިބެން ޖެހުމުން، މި ހާސްކަމާ ދުރަށް ދިޔުމަށް ގިނަ ބަޔަކު ހިޔާރު ކުރަނީ ނެޓްފްލިކްސްގެ ދުނިޔެ އެވެ.

ސައިފައި ފިލްމުތަކުން ފެށިގެން ޓްރޫ ކްރައިމް އާއި ފީލް ގުޑް އަދި ކޭ ޑްރާމާތައް ވެސް ނެޓްފްލިކްސުން ބަލާލެވޭ ކަމީ އެކި ޖޮންރާތައް ކަމުދާ މީހުން އެންމެ ހިތްހަމަޖެހޭ ކަމެވެ.

ނެޓްފްލިކްސުން އެންމެ ފަހުން ނެރުނު ވިއުވާޝިޕްގެ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ ނެޓްފްލިކްސް އޮރިޖިނަލް ފިލްމަކީ "އެކްސްޓްރެކްޝަން" އެވެ.

އެ ލިސްޓުގެ ދެ ވަނަ "ބާޑް ބޮކްސް" އަށް ލިބޭއިރު، ތިން ވަނަ ލިބުނީ "ސްޕެންސާ ކޮންފިޑެންޝަލް" އަށެވެ. ތިރީގައި އެ ވަނީ މި އަހަރު އެންމެ ގިނަ މީހުން ބަލާފައިވާ ނެޓްފްލިކްސް އޮރިޖިނަލް ފިލްމުތަކުގެ ތެރެއިން 10 ފިލްމެވެ.

1. އެކްސްޓްރެކްޝަން - 99 މިލިއަން ވިއުޒް

2. ބާޑް ބޮކްސް - 89 މިލިއަން ވިއުޒް

3. ސްޕެންސާ ކޮންފިޑެންޝަލް - 85 މިލިއަން ވިއުޒް

4. އަންޑަގްރައުންޑް - 83 މިލިއަން ވިއުޒް

5. މާޑާ މިސްޓްރީ - 83 މިލިއަން ވިއުޒް

6. ދަ އޯލްޑް ގާޑް- 78 މިލިއަން ވިއުޒް

7. އެނޯލާ ހޯމް - 76 މިލިއަން ވިއުޒް

8. ޕްރޮޖެކްޓް ޕަވާ - 75 މިލިއަން ވިއުޒް

9. ދަ މިޑްނައިޓް ސްކައި - 72 މިލިއަން ވިއުޒް

10. އާމީ އޮފް ދަ ޑެޑް - 72 މިލިއަން ވިއުޒް