Advertisement

ސްނޯ ވައިޓްގެ ރޯލު ލެޓިން އެކްޓްރެސް ރޭޝެލް ޒެގްލާ އަށް

ޑިޒްނީ ފިލްމުގައި ސްނޯ ވައިޓުގެ ރޯލުން ފެންނާނީ ރޭޝެލް ޒެގްލާ.--


ސްނޯ ވައިޓްގެ ރޯލު ލެޓިން އެކްޓްރެސް ރޭޝެލް ޒެގްލާ އަށް

ލޮސް އެންޖެލަސް، އެމެރިކާ (ޖޫން 23) - ލައިވް އެކްޝަން ފިލްމުގައި ސްނޯ ވައިޓް ކެރެކްޓާގެ ރޯލުން ފެނިގެން ދާނީ ކޮލޮމްބިއާ އަދި އެމެރިކާއަށް ނިސްބަތްވާ އެކްޓްރެސް ރޭޝެލް ޒެގްލާ ކަމަށް ޑިޒްނީން ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ޒެގްލާއަކީ މިހާރު އެހާ މަގްބޫލު އެކްޓްރެސްއެއް ނޫނެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހު ނެރޭ ސްޓީވަން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" ފިލްމުގެ ރީމޭކުގައި މާރިޔާގެ ރޯލުން އޭނާ ފެންނާނެ އެވެ.

ސްޕީލްބާގްގެ އެ ފިލްމުގެ މައިގަނޑު ރޯލަށް ޒެގްލާ ހޮވާފައިވަނީ އޮޑިޝަންގައި 30،000 ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.

ޑިޒްނީން އަންނަނީ އެ ކުންފުނީގެ ފިލްމުތަކުގައި އެކި ނަސްލުގެ މީހުން ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ދޮން ނަސްލުގެ ތަރިން ކުޅެފައިވާ ސްނޯ ވައިޓްގެ ރޯލަށް ޒެގްލާ ނެގީ އެހެންވެ ކަމަށް ބެލެވެ އެވެ.

ޒެގްލާ އިންސްޓަގްރާމުގައި ލިޔުނީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ދާދި ފަހުން ދަ ލިޓްލް މާމެއިޑްގައި އޭރިއެލްގެ ކެރެކްޓާ ކުޅޭނީ ކަޅު ނަސްލުގެ ލަވަކިޔުންތެރިޔާ ހެލީ ބެއިލީ ކަމަށް ވެސް ޑިޒްނީއިން އިއުލާނުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ސިންދެރެއްލާ ފިލްމުގެ މައިގަނޑު ރޯލުގައި އުޅޭނީ ކިއުބާ އަދި އެމެރިކާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ކެމިލާ ކަބެއްލޯ ކަމަށް ވެސް ވަނީ ނިންމާފަ އެވެ.

ސްނޯ ވައިޓް ފިލްމުގެ އާ އެޑެޕްޓޭޝަންގެ ނަން އަދި އިއުލާނުކޮށްފައި ނުވާއިރު، ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ.