Advertisement

ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހަތް މުވައްޒަފަކު ސަސްޕެންޑް ކޮށްފި

23 ޖޫން 2021 - 11:46 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވިލިމާލެ ކުޑަކުދިންގެ ހިޔާ: އެތަނުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ: ކުޑަކުދިންގެ ހިޔާ


ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހަތް މުވައްޒަފަކު ސަސްޕެންޑް ކޮށްފި

23 ޖޫން 2021 - 11:46 1

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެތަނުގެ ހަތް މުވައްޒަފަކު މިދިޔަ ހަފުތާގެ އަންގާރަދުވަހު ސަސްޕެންޑްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އެ މުވައްޒަފުން ސަސްޕެންޑްކުރީ އެއް މަސް ދުވަހަށް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުނުހާ އަވަހަކަށް އެ މީހުންގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތަށް ހިޔާގެ މުވައްޒަފުންތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވަނީ ދޫކޮށްލައިފަ އެވެ.

އެ ތުހުމަތަށް ހައްޔަރުކުރި މީހާ އިންކާރުކޮށް ބުނެފައިވަނީ، ކުއްޖާއާ މެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އޭނާ ބަންދުން ދޫކުރަން ކުރި އަމުރުގައި ބުނެފައި ވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.