Advertisement

ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

16 ޖޫން 2021 - 13:52 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރެއްވި އައިމިނަތު ޝައުނާ (ކ) އާއި ޑރ. ހުސެއިން ރަޝީދު ހަސަން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި. -ފޮޓޯ: ރައީސް އޮފީސް


ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

16 ޖޫން 2021 - 13:52 0

ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން ވުޒާރާއެއްގެ ދަށަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް ސޯލިހު ވަނީ ބަދަލު ކުރައްވާފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެނައުމުގައި މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވާ ގޮތަށް، މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރަކަށް ރައީސް ސޯލިހު އައްޔަނުކުރައްވާފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ އެވެ.

އަދި އެންވަޔަރަމަންޓް މިނިސްޓަރުކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.

ވުޒާރާތަކަށް ގެނައި ބަދަލުގެ އިތުރުން ދެ ވަޒީރުންނަށް ވެސް ރުހުން ހޯދަން ރައީސް މަޖިލީހަށް ހުށަހެޅުއްވި އެވެ.

އެގޮތުން، ޝައުނާއަށް މަޖިލީހުން ރުހުން ދީފައިވާއިރު، ޑރ. ހުސެއިންއަށް ރުހުން ދިނުން ލަސްވެފައިވަނީ އަމިއްލަ ކުންފުންޏެއްގައި އޭނާގެ ހިއްސާ އޮތް މައްސަލައެއް ފެންމަތިވެގެންނެވެ.

ނަމަވެސް، އެ މައްސަލަ ސާފުކޮށް އޭނާއަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން މިހާރު ވަނީ ނިންމައިފަ އެވެ.