Advertisement

ފްލެޓް އެޅުމުގެ 11 މަޝްރޫއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

16 ޖޫން 2021 - 12:35 0

ސުހެއިލް "އަދަދު"އާ ވާހަކަ ދައްކަވަނީ: ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.


ފްލެޓް އެޅުމުގެ 11 މަޝްރޫއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

16 ޖޫން 2021 - 12:35 0

ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކަށް ހާއްސަކޮށްގެން 11 ޕްރޮޖެކްޓެއް ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ ބުނެފި އެވެ.

ހުޅުމާލޭގައި ދިވެހި ކުންފުންޏަކުން ހިންގާ އެންމެ ބިޔަ ހައުސިން މަޝްރޫއު، އެޕޯލޯ ކުންފުނިން ފަށަން ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ ދިވެހި ޑިވެލޮޕަރުންނަށް ހާއްކޮށްގެން ހުޅުވާލި ފުރުސަތުގައި 11 ޕްރޮޖެކްޓަށް 57 ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިވެލުއޭޝަންގެ މަސައްކަތެވެ.

"މާ ލަސްނުކޮށް އިވެލުއޭޝަން ނންމައި އެއްބަސްވުމަކަށް އާދެވޭނެ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިންގާ އަދި ފަށަން ތައްޔާރުވެފައިވާ ހައުސިން މަޝްރޫއުތަަކުގެ ތަފްސީލް ދެއްވަމުން ވިދާޅުވީ 6,000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހިން ބިން ހަމަޖައްސައިދީފައިވާ ކަމަށެވެ. މިހާތަނަށް ހަވާލުކޮށްފައި ވަނީ 4،000 ފްލެޓް އެޅުމުގެ ބިމެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި 355 ރެސިޑެންޝަލް ހައުސިން ޔުނިޓް އަޅަން މިދިޔަ އަހަރުގެ ފަހުކޮޅު ހަތަރު ކުންފުންޏަކާ އެކު ވަނީ ސޮއިކޮށްފަ އެވެ. މި ޕްރޮޖެކްޓުގެ 60 ޕަސެންޓް ވިއްކާނީ އަގި ކޮންޓްރޯލްކޮށްގެން ކަަމށާއި900 އަކަފޫޓުގެ ފްލެޓް ވިއްކަނީ 1.8 މިލިއަނަށް ކަމަށް ވިދާޅުވި އެވެ.

ވިނަރެސް ޕްރޮޖެކްޓުގެ 1،344 ފްލެޓް ޖުލައިގައި ވިއްކަނީ

ސުހެއިލް ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް މަޝްރޫއުގެ ފްލެޓްތައް އަންނަ ޖުލައި މަހުގެ ތެރޭގައި އާއްމުންނަށް ވިއްކަން ފަށާނެ ކަމަށެވެ.

މަތީ ފެންވަރުގެ މި ފްލެޓްތަކަކީ ކުރީގެ ސަރުކާރުގައި ފަށައި އެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި ފްލެޓްތަކެކެވެ. މި ސަރުކާރުގައި ޖުލައި، 2019 ގައި އަލުން ފެށި މަޝްރޫއުގެ ބޮޑު ބައި މިދިޔަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން އޮތީ ބުނެފަ އެވެ.

އެ ފްލެޓްތައް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. އެގޮތަށް ނިންމީ، އަގުބޮޑުކޮށް އިމާރާތްކޮށްފައިވާ ފްލެޓްތަކަކަށް ވެފައި ބޭންކު ލޯނު ނަގައިގެން ފްލެޓް ގަންނަ ނަމަ އަގު ބޮޑުވާނެތީ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ މި ފްލެޓްތަކުގެ އަގު އުޅެނީ 2.5-2.7 މިލިއަނާ ދެމެދުގަ އެވެ.

"ބޭންކުން މި އޮންނަ ރޭޓުން ކުރަންޏާ ވަަރަށް ބޮޑު އެއްޗެއް ދަައްކަން ޖެހޭ. ބެލީ ބޭންކަށް ނުވަދެ އެމްޕްލޯޔަރުން މެދުވެރިކޮށް ކޮންމެވެސް ކަހަލަ ގެރެންޓީއެއް ދީގެން އެކަން ކުރެވިދާނެ ކަމަށް. އޭރަށް މިސާލަކަށް އަޅުގަނޑު ސްޓާފެއްގެ ގޮތުގައި އުޅޭތީ އެމްޕްލޯޔާ މި ބުނަނީ އެޗްޑީސީން ޔަގީންކޮށްދޭނަމޭ މުސާރައިން ކަނޑާފައި މަހުން މަހަށް ދައްކައިދޭން،" ސުހެއިލް ވިދާޅުވެފައިވެ އެވެ.

"ކްރެޑިޓް ސްކީމް އޮންނަ ކަހަލަ ގޮތަކަށް. އަޅުގަނޑުމެން މިހާރު މިބަަލަނީ ޕަބްލިކަށް ހުޅުވާލައިގެން ވެސް ބޭންކަށް ނުވަދެ އެކަން ވާނެ އޮޕްޝަނެއް އޮތްތޯ. އަޅުގަނޑުމެން މިގޮތަށް ދާން ނިންމި މަގްސަދަކީ ވީހާވެސް ކުޑަ އަގެއްގައި ދިނުން."

ސުހެއިލް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ހިޔާ މަޝްރޫއާ އެކު ހުޅުމާލެ އަށް ބޮޑު އާބާދީއެއް ހިޖުރަކުރާތީ ވެސް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން ތިން ސްކޫލް އަޅަން އަމިއްލަ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަން ފާހަގަކުރެއްވި އެވެ.