Advertisement

ސަޕޯޓަރުން ކުރާ ފުރައްސާރަ އަށް ބޭލް ހޭނިއްޖެ

16 ޖޫން 2021 - 12:28 0

ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބޭލް.-- ފޮޓޯ: އޭއެފްޕީ


ސަޕޯޓަރުން ކުރާ ފުރައްސާރަ އަށް ބޭލް ހޭނިއްޖެ

16 ޖޫން 2021 - 12:28 0

ބަކޫ، އަޒަރުބައިޖާން (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީއާ ދެކޮޅަށް ނުކުންނައިރު، ދަނޑުބޭރުން ސަޕޯޓަރުން ކުރާނެ ފުރައްސާރަތަކަށް ނުވިސްނާނެ ކަމަށާއި މިހާރު ހުރީ އެ ކަމަށް ހޭނިފައި ކަމަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ތުރުކީ ކުޅުނު ފުރަތަމަ މެޗުން އިޓަލީ އަތުން 3-0 އިން ބަލިވިއިރު، ވޭލްސް ވަނީ 1-1 އިން ސްވިޒަލެންޑާ އެއްްވަރުވެފަ އެވެ.

އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅޭއިރު ވޭލްސް ކުޅުންތެރިން ސަމާލުވާންޖެހޭނެ އެއް ކަމަކީ ތުރުކީ އާއި އަޒަރުބައިޖާނަކީ ގާތްގުޅުމެއް އޮންނަ ދެ ގައުމު ކަމަށް ވެފައި މެޗު ބަލަން ދަނޑަށް 30،000 ސަޕޯޓަރުން ވަންނާނެތީ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ސަޕޯޓްކުރާނީ ތުރުކީ އަށެވެ.

ބޭލް ބުނީ ފުޓްބޯޅައިގައި މިހާރު އޭނާގެ އަމިއްލަ ތަޖުރިބާގައި އެއްޗެއް ބުނާނަަމަ ރަށުންބޭރުގައި ކުޅޭ ކޮންމެ މެޗަކަށް ތައްޔާރުވާން ޖެހޭނީ ފުރައްސާރަ އަމާޒުވާނެ ކަމަށް ވިސްނައިގެން ކަމަށެވެ.

"މިއީ ފުޓްބޯޅަ ކުޅުންތެރިން އަބަދުވެސް ތަޖުރިބާ ކުރަމުން އަންނަ އަދި ކޮށްފައިވާނެ ކަންތައްތައް. ބައެއް ފަަހަރު ސަޕޯޓަރުންގެ މާހައުލު އޮންނަ ގޮތުން ކުޅުންތެރިޔާ ވަރަށް ބޮޑަށް ފޯރި އަރާނެ. ދެން އަނެއްކޮޅުން ބަލާއިރު ފުރައްސާރަ ވެސް އަންނާނެ. އަހަރެން މިހާރު އެކަން ކަމަށް ހޭނިއްޖެ،" ޓޮޓެންހަމާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ބޭލް ބުންޏެވެ.

ބޭލް ރެއާލަށް ކުޅުނުއިރު، އެ ކްލަބްގެ ހޯމް ސަޕޯޓަރުން ވެސް ވަނީ ބައެއް މެޗުތަކުގައި ބޭލްއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

ތުރުކީގެ ކެޕްޓަން ބުރަކް ޔިލްމާޒް ބުނީ އަޒަރުބައިޖާންގައި ތިބީ އާއިލާއެއް ފަދަ މީހުން ކަމަށާއި އެ މީހުންގެ ސަޕޯޓާ އެކު ފުރަތަމަ މެޗުން ވީ ބަލިން އަރައިގަންނަން މަސައްކަތްކުރާނެ ކަމަށެވެ.

ކޯޗުންގެ ބަސް

އެންމެ ފަހުން ތުުރުކީ އާއި ވޭލްސް ވާދަވެރި މެޗަކަށް ނުކުތީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ. އިސްތަންބޫލްގައި ކުޅުނު އެ މެޗުން ތުރުކީ މޮޅުވީ 6-4 އިންނެވެ.

ތުުރުކީގެ ކޯޗު ސެނިއޯލް ގުނެޝް ބުނީ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް އެނގޭ ކަމަށާއި އެކަންކަން ރަނގަޅު ކޮށްގެން މިރޭ ވޭލްސް އަތުން މޮޅުވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އަޒަރުބައިޖާންގައި ކުޅޭތީ ކޮންމެވެސް ވަރަކަށް ހޯމް އެޑްވާންޓޭޖް އޮތް ކަމަށް ވެސް ގުނެޝް ގަބޫލުކުރެ އެވެ.

"މި ކަންތައްތައް މިހެން ހުރި ނަމަވެސް ގަބޫލުކުރަން ޖެހޭ ވޭލްސް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަން. އެ މީހުން ވަނީ މިދިޔަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައި. ވިސްނައިގެން ކުޅެން ޖެހޭ މެޗެއް މިއީ،" ތުރުކީ އަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދިން ގުނެޝް ބުންޏެވެ.

އިޓަލީ މެޗުގެ ތެެރެއިން ތުރުކީގެ ކޯޗު ގުނެޝް.


"އަހަަރެމެންނަށް ހަތަރެއް ނޫނީ ހަ ޕޮއިންޓް ހޯދައިގެން ވެސް އަނެއް ބުރަށް ދެވިދާނެ. މީގެ މައިގަނޑު ބޭނުމަކީ އަނެއް ބުރަށް ދިއުން،"

ތުރުކީ އެންމެ ފަހުން ވާދަކުރި ބައިނަލް އަގުވާމީ ހަތް މުބާރާތުގެ ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރެއިން ތިން މުބާރާތުގެ ނޮކައުޓް ބުރަށް ތުރުކީ ވަނީ ދަތުރުކޮށްފަ އެވެ.

ވޭލްސްގެ ކޯޗު ރޮބަޓް ޕޭޖް ބުނީ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު ގޮތަށް ތުރުކީއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށެވެ. އަދި މީގެ އެންމެ މުހިއްމު ކަމަކީ ކުޅުންތެރިންގެ ހުނަރުގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތަކަށް ޓީމު ރޭވުން ކަމަށް ޕޭޖް ވަނީ ބުނެފަ އެވެ.

ތުރުކީ އާއި ވޭލްސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:00 ގަ އެވެ.