Advertisement

އައްޑޫން ދޫކޮށްލި 5 މީހުން ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި

15 ޖޫން 2021 - 11:22 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ަހައިކޯޓު: އައްޑޫން ދޫކޮށްލި ފަސް މީހުން ހައްޔަރުކުރަން ވަނީ އަމުރުކޮށްފައި


އައްޑޫން ދޫކޮށްލި 5 މީހުން ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި

15 ޖޫން 2021 - 11:22 1

ފުލުހުންނާއި ސިފައިން އައްޑޫގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނުން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ދޫކޮށްލި ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށް، ބަންދުކުރަން ހައިކޯޓުން އަމުރުކުރީ ފަސް މީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

ހައިކޯޓުން ސިއްރު އަޑުއެހުމެއްގައި ހައްޔަރުކުރަން އަމުރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އާއި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ އާއި މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި އާއި މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި އަދި ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ އެވެ.

އެމީހުން ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ތެރޭގަ އެވެ.

"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި އައްޑޫން ހައްޔަރުކުރި އަށް މީހުންނަކީ ފުލުހުން ތުހުމަތުކުރާ ގޮތުގައި، އައްޑޫގައި އިސްކޮށް އުޅޭ، އައިސިސް އަށް ނިސްބަތްވާ އަށް މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު އެނގޭ މީހަކު ނޫހަގައި ނަން ނުޖެހުމަށް އެދި ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެރަރިސްޓު ޖަމާއަތް އައިސިސް އާއި އަލް-ގައިދާ އާއި އަލް-ނުސްރާ ފްރަންޓަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އެ ޖަމާއަތްތަކުގެ ސެލްތަކެއް ހިންގަމުންދާ ކަމަށް މަރުތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ސެލްތަކުގެ ލީޑަރުންނާއި އެމީހުންނަށް ފައިސާ ހަރަދުކުރާ ބައެއް ފަރާތްތަކުގެ އިތުރުން ޓެރަރިސްޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޮތް ވެސް މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެ އެވެ.

ރޭޒަރު ފުއްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

މާލޭގައި ބޮމެއް ގޮއްވާލި ތަހުގީގާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު މީގެކުރިން ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ 15 ދުވަހުގެ ޖަލު ބަންދެއްގަ އެވެ.