Advertisement

މިސްކިތްތަކަށް ވަދެ، މަސްތުވާން ތިބި 15 މީހަކު ހައްޔަރުކޮށްފި

14 ޖޫން 2021 - 16:31 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިސްކިތުގައި ބަޔަކު މަސްތުވެ، ނިދާފައި: މަސްތުހާލަތުގައި ތިބެ މިސްކިތް ތަކުގައި އުޅުނު 15 މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި-


މިސްކިތްތަކަށް ވަދެ، މަސްތުވާން ތިބި 15 މީހަކު ހައްޔަރުކޮށްފި

14 ޖޫން 2021 - 16:31 1

މިސްކިތްތަކުގެ ތެރޭގައި މަސްތުގައި ހާލުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން 15 މީހަކު ހައްޔަރުކުރީ ރޭގައި ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް މީހަކަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އަދި، އަށް މީހަކަށް ތިން ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަން ފެށީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން އިއްޔެ ގިނަ ބަޔަކު ފާޅުކޮށްފައިވަނިކޮށެވެ.

ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، މިސްކިތްތަކަށް ވަދެ، ނިދައި މަސްތުވާން މީހުން ތިބޭ ކަމުގެ ޝަކުވާތައް ބޮޑުވި އެވެ.

ބައެއް މީހުން އާންމުން ހިފަހައްޓައި، ފުލުހުން ހަވާލު ވެސް ކުރި އެވެ.

އެގޮތުން ޖަލާލުއްދީން މިސްކިތް ތެރެއިންނާއި ވިޔަފާރިވެރިންގެ މިސްކިތް ކައިރިން އިއްޔެ މީހުން ހައްޔަރުކޮށްފައިވަނީ އާންމުން، އެމީހުން ފުލުހުންނާ ހަވާލުކުރުމުންނެވެ.