Advertisement

ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރުމަށް ކޭމްޕް ބާއްވަނީ

14 ޖޫން 2021 - 13:46 0

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ ލޭ ހަދިޔާ ކުރަން ހިންގި ކޭމްޕްގައި މުވައްޒަފުންތަކެއް ލޭ ހަދިޔާ ކުރަނީ: މި ހަރަކާތް ބޭންކުން ކޮންމެ ތިން މަހަކުން އެއް ފަހަރު ކުރިޔަށް ގެންދާނެ -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރުމަށް ކޭމްޕް ބާއްވަނީ

14 ޖޫން 2021 - 13:46 0

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުގައިވައިގެން ކޮންމެ ތިން މަހަކުން އެއް ފަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ލޭ ހަދިޔާ ކުރަން ކޭމްޕްތަކެއް ބާއްވަނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

މި ދުވަހާ ގުޅިގެން ބީއެމްއެލްއިން ވަނީ ރާއްޖޭގެ ތިން ރަށެއްގައި މިއަދު ލޭ ހަދިޔާކުރުމުގެ ކޭމްޕްތަކެއް ބާއްވައިފަ އެވެ. އެގޮތުން މާލެ އާއި ކުޅުދުއްފުއްޓާއި މަނަދޫގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ކޭމްޕްތަކުގައި މިހާތަނަށް ބީއެމްއެލްގެ 70 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރަން ބާއްވާ ކޭމްޕްތައް ކޮންމެ ތިން މަހަކުން އެއް ފަހަރު ބާއްވަން ނިންމުމާ ގުޅިގެން ބީއެމްއެލްއިން ބުނީ މި ކޭމްޕްތައް ބާއްވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ މިންވަރަށް ބަލައި ދެމެހެއްޓިނިވި ގޮތެއްގައި ލޭ ހަދިޔާ ކުރުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްއިން މިއަދު މި ހަރަކާތް މާލޭގައި ކުރިޔަށް ގެންދިޔައި މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ. އަދި އަތޮޅުތެރޭގައި ކުރިޔަށް ގެންދިޔައީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެންނެވެ.

މި ކޭމްޕްތަކުގެ ކުރިން ބީއެމްއެލްއިން ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި ގުޅޭ މުހިންމު މައުލޫމާތުތަކަށް މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ހަރަކާތްތަކުގެ ތެރެއިން އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.