Advertisement

11،000 ފްލެޓް ފަށަނީ، ދައުރު ނިމޭއިރު ބޯހިޔާވަހިކަން ގިނަ ބަޔަކަށް ލިބޭނެ: ރައީސް

14 ޖޫން 2021 - 22:06 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް ސޯލިހް: އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ވައުދުގެ ބޮޑު ބައި ނިމޭނެ. -- ފޮޓޯ/ ރައީސް އޮފީސް


11،000 ފްލެޓް ފަށަނީ، ދައުރު ނިމޭއިރު ބޯހިޔާވަހިކަން ގިނަ ބަޔަކަށް ލިބޭނެ: ރައީސް

14 ޖޫން 2021 - 22:06 0

މި ސަރުކާރުން 7،000 ފްލެޓުގެ މަސައްކަތް ފަށަން ތައްޔާރުވެ، 4،000 ފްލެޓަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ވައުދުގެ ބޮޑު ބައި ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ރަށްރަށުގައި އަމިއްލަ ގެދޮރު ބިނާކުރަން "ގެދޮރުވެރިޔާ" ލޯން ސްކީމް ތައާރަފްކޮށްދެއްވައި ރައީސް ވަނީ، ޖުމްލަކޮށް ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އަމާޒު ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން މިހާރު ކުރަމުން އަންނަ އެއް ކަމަކީ އެ 4،000 ފްލެޓް އަޅާނެ ކުންފުނިތައް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، މި ދައުރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ގިނަ ފަރާތްތަކަށް އެކަން ހާސިލްވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ "ގެދޮރުވެރިޔާ" ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދައްކާ ލޯން ސްކީމެއް ކަމަށެވެ. މި ސްކީމްގައި ބައިވެރިވާން މޯގޭޖްގެ ގޮތުގައި ދައްކަން ޖެހޭނީ އެ މީހާއަށް ލިބިފައިވާ ގޯތި ނުވަތަ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް ކަމަށް ވިދާޅުވި އެެވެ.

"ގިނަވެގެން މަހެއްގެ މައްޗަށް 5,000ރ. އަނބުރާ ދައްކަން ޖެހޭނީ," ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ލޯންގެ ތަފްސީލް

- ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.

- ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.

- އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.

- ހަ ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގަ އެވެ.

- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.

މި ލޯން ސްކީމަށް މި މަހު ކުރިމަތިލާން ހުޅުވާލައި މި އަހަރުގެ ފަހުކޮޅު ލޯން ދޫކުރަން ވަނީ ނިންމާފައި. -- އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


އެ މީހާގެ ގޯތީގައި އަމިއްލަ ބޯހިޔާވަހިކަމެއް ހަމަޖައްސަން ނުވަތަ ހަދަން ފަށައި ނުނިމި ހުރި އިމާރާތް ނިންމަން 700,000ރ. އާ ހަމައަށް ލޯން ދޫކުރާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ އެކި ރަށްތަކުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތެއްގައި އެކަންކޮށް ނިންމާލުމުގެ ފުރުސަތު މި ލޯން ސްކީމާ އެކު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއ ެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަން އަމާޒުކޮށްފައި ވަނީ ހުރިހާ ސަރަހައްދަކަށް ކަމަށާއި މާލެއަށް އަމާޒުކުރި މަޝްރޫއު ވެސް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. މި ދައުރުގެ ތެރޭގައި ގާތްގަނޑަކަށް 15,000 ފްލެޓުގެ މަސައްކަތް މާލޭގައި ފަށައި އޭގެތެރެއިން ބޮޑު ބައެއް ނިންމާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފަ އެވެ.