Advertisement

ދެ ވައްތަރުގެ ދެ ޑޯޒު ޖެހުން މައްސަލައެއް ނޫން

14 ޖޫން 2021 - 14:17 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުޑަކުދިންގެ ހާއްސަ ޑޮކްޓާރު، އަހުމަދު ފައިސަލް: ދެ ވައްތަރެއްގެ ވެކްސިނުންވެސް ވެކްސިންގެ ދެ ޑޯޒް ފިރުހަމަ ކުރެވޭނެ-- ފޮޓޯ: އެޗްއީއޯސީ


ދެ ވައްތަރުގެ ދެ ޑޯޒު ޖެހުން މައްސަލައެއް ނޫން

14 ޖޫން 2021 - 14:17 1

ކޮވިޑުން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންގައި، ދެ ކުންފުންޏެއްގެ ވެކްސިން އިން ދެ ޑޯޒް ހަމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ ގިނަ ދިރާސާތައް ކުރުމަށް ފަހު ދެ ވައްތަރެއްގެ ވެކްސިން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވެސް ނިންމާފައިވާ ކަމަށެވެ.

އެ ދިރާސާ ކޮށްފައި ވަނީ އެސްޓްރޮޒެނިކާގެ ވެކްސިނާއި ފައިޒާ ވެކްސިން ބޭނުން ކޮށްގެންނެވެ. އެ ދިރާސާގައި ބަލާފައި ވަނީ އެންޓިބޮޑީޒް ލެވެލް ދަށްވޭތޯ ކަމާއި އޭގެއިން ފެންނާނެ ސައިޑް އިފެކްޓްސްތައް ފެނޭތޯ އެވެ.

ދިރާސާތަކުން ދައްކަނީ ދެ ވެކްސިން ޖަހައިގެން އޭގެން ކުރާ ނޭދެވޭ އަސަރު ގިނަ ކަމަށް. ނަމަވެސް ރަނގަޅު ކަމަކީ އޭގެން ލިބޭ ދިފާއީ ނިޒާމު ރަނގަޅު ކަމަށް. ބަލިން ދިފާއު ކޮށްދޭ މިންވަރު އިތުރު ވަނީ. އެއް ވައްތަރަކުން ޖެހުމަކާ ވަކި ތަފާތެއް ނުފެނޭ،

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒްޖަހާ ނަމަ އެއް ސިމްޕްޓޮމްސް ފެންނަން ހުންނަ ވެކްސިނެއް ނަމަ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޑރ.ފައިސަލް ވިދާޅުވި އެވެ.

އެސްޓްރޮޒެނިކާގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ލޭ ގަނޑުވުންފަދަ ކަމެއް ދިމާވެއްޖެ ނަމަ ފައިޒާ ވެކްސިން އިން ދެވަނަ ޑޯޒް ޖެހުމަށް ސިއްހީ މާހިރުން ލަފާދެމުންދާ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. ހަމަ އެ އުސޫލަށް މާބަނޑު މީހުންނަށްވެސް އަމަލު ކުރެވޭނެ ކަމަށާ، އެއްޑޯޒް ޖަހާ ފަހުން ބަނޑުބޮޑުކަން އެނގިއްޖެނަމަ ދެވަނަ ޑޯޒް ފާއިޒާއިން ޖެހުން ރަނގަޅު ވާނެ އެވެ.

ވެކްސިން ގެ ދެ ޑޯޒް ޖެހޭނެ ކަމަށް ބުނެފައި ވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ނަމަ ހަ މަސް ފަހުންވެސް ޖެހޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ނިންމާފަ އެވެ.

"ހަގީގަތިގަ ލަފަޔަކީ 8-12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒް ޖެހުން. މުއްދަތު އިތުރުވެފަ ހުންނަނީ އެވަރަށް ވެކްސިން ޖެހިފަ ނުހުންނާތީ. އެގޮތުން ގިނަ ގައުމުތަކުގަ ވަނީ 16 ހަފްތާއަށް އިތުރު ކޮށްފަ. އަދި 16 ހަފްތާއަށް ފަހުވެސް ވެކްސިން ނުލިބޭ ކަމަށް ވަންޏާ ހަ މަސް ވަންދެން ވެކސިންގެ ދެވަނަ ޑޯޒް ޖަހަން ލަސް ކުރެވޭނެ ކަމަށް." ޑރ. ފައިސަލް ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ދެމުންދަނީ ޗައިނާގެ ސީނޯފާމްގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މިހާތަނަށް 313،865 މީހުން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 177،969 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.