Advertisement

އިންކަމް ޓެކްސްގެ ބޭނުމަށް އެމްއައިބީ ހިއްސާދާރުންގެ ރެޒިޑެންސީ މައުލޫމާތު ހޯދަނީ

12 ޖޫން 2021 - 16:50 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް އިސްލާމިކް ބޭންކް: ބޭންކަށް ހުސްވި އަހަރުވީ ފައިދާއިން 27.5 މިލިއަން ރުފިޔާ ޑިވެޑެންޑަށް ބަހާނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އިންކަމް ޓެކްސްގެ ބޭނުމަށް އެމްއައިބީ ހިއްސާދާރުންގެ ރެޒިޑެންސީ މައުލޫމާތު ހޯދަނީ

12 ޖޫން 2021 - 16:50 0

ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ކުންފުނިތަކުގެ ފައިދާއިން ލިބޭ އާމްދަނީން 10 ޕަސެންޓު ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭތީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހިއްސާދާރުންގެ ރެޒިޑެންސީ މައުލޫމާތު ބޭންކާ ހިއްސާކުރަން އަންގައިފި އެވެ.

އިންކަމް ޓެކްސް ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ކުންފުނިތަކުގެ ފައިދާއިން ޑިވިޑެންޑް ލިބޭ ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅޭ މީހުންގެ އާމްދަނީން ވިތުހޯލްޑިން ޓެކްސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އަށް ދެއްކުމަކީ އެ ވިޔަފާރިއެއްގެ ޒިންމާއެކެވެ.

ކުންފުނީގެ ފައިދާ ހިއްސާދާރުންނަށް ދިނުމާ ހަމައަށް އެ މީހަކީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ކަމަށް ކަށަވަރު ނުކުރެވޭ މީހެއް ނަމަ އެ މީހާ ބަލަން ޖެހޭނީ ރާއްޖޭގައި ދިރިނޫޅޭ މީހެއް ނުވަތަ ނަން ރެޒިޑެންޓެއްގެ ގޮތުގަ އެވެ.

މިކަމާ ގުޅިގެން އެމްއައިބީން ނެރުނު ބަޔާނެއްގައި ވަނީ ޖޫން 24، 2021ގެ ކުރިން އެ މީހެއްގެ ރެޒިޑެންސީ މައުލޫމާތު ބޭންކާ ހިއްސާކުރުމަށް އެދިފަ އެވެ. އެ މުއްދަތުގެ ކުރިން ބޭންކާ އެ މައުލޫމާތު ހިއްސާނުކުރާ ހިއްސާދާރުންނާ މެދުގައި އަމަލުކުރާނީ އިންކަމް ޓެކްސް ގާނޫނުގައި ބުނާ ގޮތަށް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ރެޒިޑެންސީ މައުލޫމާތު އެމްއައިބީއާ ހިއްސާކުރަން ބޭންކުގެ "ޝެއާހޯލްޑާ އިންފޮމޭޝަން ފޯމް" ފުރިހަމަކުރުމަށް ފަހު ބޭންކުގެ [email protected] އީމެއިލްއަށް ނުވަތަ ބޭންކުގެ ހެޑްއޮފީހުގައި ހުންނަ ޑްރޮޕް ބޮކްސް ކިއޯސްކަށް ލެވޭނެެ އެވެ. ނުވަތަ މޯލްޑިވްސް ސެކުއިރިޓީސް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލްގެ ޕްރޮފައިލްގެ ކޮންޓެކްޓް އިންފޮމޭޝަން ބައިގެ ރެޒިޑެންޝަލް ސްޓޭޓަސް އަޕްޑޭޓް ކޮށްލެވޭނެ އެވެ.

އެމްއައިބީން ބުނީ އެ މީހަކު ދިރިއުޅޭ ތަނުގެ މައުލޫމާތު މިހާތަނަށް ބޭންކާ ހިއްސާކޮށްފައިވާ ހިއްސާދާރުން އެ މައުލޫމާތުތައް ހިިއްސާކުރަން ނުޖެހޭނެ ކަމަށެވެ.

މިފަހުން ބޭއްވި އަހަރީ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ ބޯޑުން ހުށައެޅި ގޮތަށް ހުސްވި އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 1.225ރ ގެ މަގުން 37.5 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ.