Advertisement

"އަދަދު" ގެ "ޔޫރޯ ވިހިވިހި" ކިކްއޯފްކޮށްފި

12 ޖޫން 2021 - 00:14 0


"އަދަދު" ގެ "ޔޫރޯ ވިހިވިހި" ކިކްއޯފްކޮށްފި

12 ޖޫން 2021 - 00:14 0

އިޓަލީގެ ވެރިރަށް ރޯމުގައި ޔޫރަޕުގެ ފުޓްބޯޅަ މުބާރާތް، "ޔޫރޯ 2020" އެ ފެށީ އެވެ. އެ ބައްރާ ކިތަންމެ ދުރުގައި އޮތަސް މި ރާއްޖޭގައި އެ މުބާރާތުގެ ފޯރި ވަކި ކުޑައެއް ނޫނެވެ. އެހެންކަމާ އެކު، މުބާރާތުގެ ކިކްއޯފާ އެކު "އަދަދު" އިން މި ފެށީ އެ މުބާރާތުގެ ހަބަރުތަކާއި މައުލޫމާތުތައް އެންމެ ތާޒާކަމާ އެކު ގެނެސްދޭނެ ކަވަރޭޖެކެވެ. "އަދަދު" ގެ ވެބްސައިޓުގައި ގާއިމްކޮށްފައިވާ "ޔޫރޯ ވިހިވިހި" ސެކްޝަން އެ ވަނީ ކިޔުންތެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވެފަ އެވެ.

އެ ސެކްޝަނުން މެޗުތަކުގެ ޕްރިވިއު އާއި ޕޯސްޓް މެޗު ކަވަރޭޖް ފެންނާނެ އެވެ. ކުރިއަށް އޮންނަ މެޗުގެ މައުލޫމާތާއި އެންމެ ފަހުން ކުޅުނު މެޗުގެ ސްކޯ ފެންނަން ހުންނާނެ އެވެ. ގްރޫޕްތަކުގެ ޕޮއިންޓް ޓޭބަލް ވެސް އަޕްޑޭޓްވާނެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ "އޭއެފްޕީ" ގެ ކުޅަދާނަ ފޮޓޯގްރާފަރުންގެ ފޮޓޯތަކުގެ ގެލެރީތައް ބަލައިލެވޭނެ އެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކާއި ވިދާލާނެ ތަރިންގެ ޕްރޮފައިލް ވެސް ހިމަނާފައިވާނެ އެވެ. ޓީމު ޕްރޮފައިލްގައި އެ ޓީމެއްގެ އެންމެ ފަހުގެ މައުލޫމާތާއި ތާރީހާއި ޓީމުގެ ފެންވަރާއި ކޯޗުގެ މައުލޫމާތު އަދި ފުލް ސްކޮޑް ހިމެނޭނެ އެވެ. މުބާރާތުގެ މެޗުތައް އޮންނަ ސްޓޭޑިއަމްތަކާ ބެހޭ ހާއްސަ ބަޔެއް ވެސް ހިމެނެ އެވެ. އަދި ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި ފުޓްބޯޅަ ސަޕޯޓަރުންގެ ޑްރީމް ޓީމުތައް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ވެސް މުބާރާތާ ގުޅޭ ހާއްސަ ވީޑިއޯ ޝޯތަކެއް ވެސް "އަދަދު" އިން ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެ ޝޯތަކުގައި ރާއްޖޭގެ ތަޖުރިބާކާރު ފުޓްބޯޅަ އެނަލިސްޓުން ބައިވެރިވާނެ އެވެ.