Advertisement

އުރީދޫ ކަސްޓަމަރުންނަށް ސޮނީ ލިވްއިން ޔޫރޯ މެޗުތައް ބަލާލެވޭނެ

11 ޖޫން 2021 - 21:05 0

އަމަން ހަލީމް

އަމަން ހަލީމް

އެއާޕޯޓުގައި ހުންނަ އުރީދޫގެ ފިހާރަ: ޔޫރޯ ޕްރޮމޯޝަނުގެ ތެރެއިން ސޮނީ ލިވްގެ ހާއްސަ އޮފާތަކެއް ކަސްޓަމަރުންނަށް ލިބޭ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް


އުރީދޫ ކަސްޓަމަރުންނަށް ސޮނީ ލިވްއިން ޔޫރޯ މެޗުތައް ބަލާލެވޭނެ

11 ޖޫން 2021 - 21:05 0

އުރީދޫ ކަސްޓަމަރުންނަށް ކޮންމެތާކު ހުރެގެން ވެސް "ޔޫރޯ 2020" މެޗުތައް ލައިވްކޮށް ސްޓްރީމްކުރަން މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ސޯނީ ލިވްއާ އެކު ނިންމައިފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫއިން ވަނީ ސޮނީ ލިވްގެ މަންތްލީ ސަބްސްކްރިޕްޝަނާއި އެކު މެޗުތައް ބަލަން 20ޖީބީ ޑޭޓާ ހިމެނޭ "ޔޫރޯ 2020 ޕެކް" ތައާރަފްކޮށްފަ އެވެ. އެންމެ 250ރ. އަށް ލިބޭ މި ޕެކް ނަގާ ކޮންމެ ކަސްޓަމަރަކަށް 30 ދުވަހަށް ސޮނީ ލިވްގެ ޕްރިމިއަމް ކޮންޓެންޓުގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ އެވެ.

އޭގެ އިތުރުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕާނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބޭނެ އެވެ.

އުރީދޫ ޔޫރޯ ޕްރޮމޯޝަނުން ހާއްސަ އޮފާތަކެއް އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭ


އާޗާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ސޯޝަލްމީޑިއާއަށް ޚާއްޞަ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

އުރީދޫއިން ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ދިން ހަދިޔާއާ ގުޅޭގޮތުން އުރީދޫގެ ސީސީއޯ ހުސެން ނިޔާޒު ވިދާޅުވީ ފުޓުބޯޅައަކި ފެށުނީއްސުރެ ދިވެހިންނަށް އުފާވެރިކަން ގެނެސްދޭ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް ކަމަށެވެ. އަދި އުރީދޫއިން ވެސް ބޭނުންވީ މިކަމުގައި ބައިވެރިވެ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެތާކު ހުރެގެން ވެސް ޔޫރޯ މެޗުތައް ބެލޭނެ ފުރުސަތު ދިނުން ކަމަށް ވިދާޅުވި އެވެ.

"ސޮނީ ލިވް އާއެކު މި ތައާރަފް ކުރެވުނު ހާއްސަ އޮފާތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެން ވެސް ޔޫރޯ 2020 ގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން" ހުސެން ނިޔާޒް ވިދާޅުވިއެވެ.


އުރީދޫ ކަސްޓަމަރުންނަށް ސޮނީ ލިވްގެ ހާއްސަ އޮފާތަކެއް

އުރީދުގެ ޔޫރޯއަށް ހާއްސަ އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަނެޓް 50އެމް އަދި 100އެމް މިހާރު ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަ 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓްގެ އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެ އެވެ.

އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ ކަސްޓަމަރުންނާއި އަލަށް ނަގާ ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ އެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. މި ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެ އެވެ.