Advertisement

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޔޫރޯއަށް ހާއްސަ ޕްރޮމޯޝަނެއް

11 ޖޫން 2021 - 21:00 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް: އެސްޓީއޯއިން ވިއްކަނީ ފިލިޕްސް، ހިޓާޗީ، އަދި ސެމްސަން ޓީވީ -- ފޮޓޯ: އެސްޓީއޯ


އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޔޫރޯއަށް ހާއްސަ ޕްރޮމޯޝަނެއް

11 ޖޫން 2021 - 21:00 0

އެސްޓީއޯއިން ޔޫރޯ 2020 ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން ތިން ބްރޭންޑެއްގެ ޓީވީއެއްގެ އަގުހެޔޮ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ "ޔޫރޯފޯރިއާ" ނަމުގައި ހިންގާ މި ޕްރޮމޯޝަނުގެ ތެރެއިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ހިޓާޗީ، ސެމްސަން އަދި ފިލިޕްސް ބްރޭންޑުގެ ޓީވީތަކުން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފިލިޕްސް ބްރޭންޑުގެ ސައުންޑްބާތަކުން ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ސޯޝަލް މީޑިއާގައި ހިންގާ ޕްރޮމޯޝަނެއްގެ ތެރެއިން ފިލިޕްސް 65 އިންޗީގެ ޓީވީއަކާއި ސައުންޑްބާއެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

އެސްޓީއޯއިން ބުނީ ސުވާލާ ޖަވާބު މުބާރާތެއް ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުން މޮޅުވާ މީހާ ހޮވާނީ ރަނގަޅު ޖަވާބު ފޮނުވާ މީހުންގެ ތެރޭގައި ގުރުއަތު ނަގައިގެން ކަމަށެވެ. މިއީ އެސްޓީއޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލައިވްކޮށް ހިންގާ މުބާރާތެކެވެ.

އެސްޓީއޯގެ މި ޕްރޯމޯޝަންތައް ޔޫރޯގެ ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ.