Advertisement

އަންހެނުންގެ ޒާތީ މައުލޫމާތު އާންމު ކުރާ ގުރޫޕެއްގެ މައްސަލަ ބަލަނީ

11 ޖޫން 2021 - 00:22 0

ފުލުހުންގެ އޮފިސަރެއް: އަންހެނުންގެ ޒާތީ މައުލޫމާތު އާންމުކުރާ ގުރޫޕެއްގެ މައްސަލަ ދަނީ ބަލަމުން


އަންހެނުންގެ ޒާތީ މައުލޫމާތު އާންމު ކުރާ ގުރޫޕެއްގެ މައްސަލަ ބަލަނީ

11 ޖޫން 2021 - 00:22 0

އަންހެނުންގެ ފޮޓޯ އާއި ފޯނު ނަންބަރު ފަދަ މައުލޫމާތުތައް އާންމު ކުރަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ގިނަ އަދަދެއްގެ މީހުން ތިބި ޓެލެގްރާމް ގުރޫޕެއްގައި އަންހެނުންގެ ފޮޓޯ ޖަހައި، އެމީހުންގެ ފޯނު ނަންބަރުތަކާއި ސްނެޕްޗެޓް އައިޑީ ފަދަ މައުލޫމާތުތައް އާންމު ކުރަމުންދެ އެވެ. އެކަމާ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑު ވެސް ފާޅުކުރަމުން ދިޔަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.

އެ މައްސަލާގައި ތަފްސީލެއް ނުދެއްވައި، މަބުރޫކު ވިދާޅުވީ އިތުރު މައުލޫމާތު ފުލުހުން ހާމަ ކުރަމުންދާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޓެލެގްރާމްގައި ބަރަހަނާ ފޮޓޯ ހިއްސާ ކުރަމުންދިޔަ ގުރޫޕެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށި އެވެ. އެ މައްސަލާގެ ތަހުގީގުގެ އަޕްޑޭޓެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެ އެވެ.