Advertisement

ޔޫކްރެެއިންގެ ޔޫރޯ ޖޯޒީން ސިޔާސީ ބައި އުނިކުރަން އަންގައިފި

10 ޖޫން 2021 - 22:55 0

ޔޫކްރެއިންގެ ތަރި ޔާމޮލަންކޯ ޔޫރޯގެ ޖާޒީ އިސްތިހާރު ކުރުމުގެ ތެރެއިން.


ޔޫކްރެެއިންގެ ޔޫރޯ ޖޯޒީން ސިޔާސީ ބައި އުނިކުރަން އަންގައިފި

10 ޖޫން 2021 - 22:55 0

ޒިއުރިކް (ޖޫން 10) - މި ފަހަރުގެ ޔޫރޯ އަށް ޔޫކްރެއިން އިން ފަރުމާކުރި ޖޯޒީގައި އެ ގައުމުގެ ޗާޓު ފެންނަ ގޮތަށް ސިޔާސީ ހަމަނުޖެހުން އުފެދޭ ގޮތަށް އިން ބައި އުނިކުރަން ޔުއެފާ އިން ޔޫކްރެއިން އަށް އަންގައިފި އެވެ.

ޔުއެފާ އިން ޔޫކްރެއިން އަށް މި ގޮތަށް އެންގީ އެ ގައުމުގެ ޖޯޒީގައި އެ ގައުމު ރަމްޒުކޮށްދޭ ޗާޓު ޑިޒައިން ކޮށްފައިވާއިރު، ކްރައިމިއާ ވެސް ހިމެނޭ ގޮތަށް ހިމަނާފައިވާތީ އާއި ސިޔާސީ ކަމަކާ ގުޅޭ ލިޔުންކޮޅެއް ޖޯޒީގައި ހިމަނާފައިވާތީ އެވެ. ކްރައިމިއާ ކުރިން އޮތީ ޔުކްރޭންގެ ބައެއްގެ ގޮތުގަ އެވެ. އެކަމަކު 2014 އިން ފެށިގެން ރަޝިއާ ސިފައިން ކްރައިމިއާ އަށް އަރައި، އެ ސަރަހައްދު ވަނީ ރަޝިއާ އަމުރު ހިނގާ ތަނަކަށް ހަދައިފަ އެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި އަދިވެސް ވަރަށް ހިތްހަމަނުޖެހުން ބޮޑުވެފައިވާ ކަމެކެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެ ގައުމުގެ ޔޫރޯ ޖޯޒީ ހިފައިގެން.


މި ފަހަރުގެ ޔޫރޯ އަށް ޔޫކްރެއިން އިން ފުރަތަމަ ޖޯޒީ ރަޖިސްޓްރީކުރިއިރު، ޔުއެފާ އަށް އެއްވެސް މައްސަލައެއް ފާހަގަނުކުރެވި ކުރިއަށްދާން ހުއްދަ ދިނެވެ.

އެކަމަކު ކްރައިމިއާ ހިމަނައިގެން ޖޯޒީ ޑިޒައިންކޮށް "ގްލޯރީ ޓު ދަ ހީރޯސް" މި ލިޔުންކޮޅު ބޭނުންކޮށްފައިވާތީ ފަހުން ރަޝިއާގެ ސިޔާސީ ފަރާތްތަކާއި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވި އެވެ. އެންމެ ފަހުން ޔުއެފާ އިން ޔޫކްރެއިން އަށް އެންގީ ޖޯޒީން "ސިޔާސީވެފައިވާ" ކްރައިމިއާއާ ގުޅޭ އެ ބައި އުނިކުރާށެވެ.

މީގެ ކުރިން ޔޫކްރެއިނުގެ ޖޯޒީގެ އާ ޑިޒައިނާ މެދު އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ ވެސް ވަނީ ޖޯޒީގައި ހުރި ކަންކަން ވަރަށް ރަނގަޅުކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.