Advertisement

ދަރިމައިވުމަށް ފަރުވާ ހޯދާ ފަރާތްތަކަށް ހިލޭ ކައުންސެލިންގް ދެނީ

10 ޖޫން 2021 - 19:40 4

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ސަޕޯޓް ގުރޫޕް ސެޝަނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ


ދަރިމައިވުމަށް ފަރުވާ ހޯދާ ފަރާތްތަކަށް ހިލޭ ކައުންސެލިންގް ދެނީ

10 ޖޫން 2021 - 19:40 4

ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ގުރޫޕް ކައުންސެލިންގް ސެޝަންތަކެއް ބޭއްވުމަށް ޖަމިއްޔާއެއް ކަމަށްވާ ފާޓިލިޓީ ސަޕޯޓް ގްރޫޕުން ނިންމައިފި އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ ކައުންސެލިންގް ސެޝަންތަކުގެ މަގުސަދަކީ ދިގުމުއްދަތަށް ފާޓިލިޓީ ޓްރީޓްމަންޓް ނަގަމުންދާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އޭގެ އިތުރުން އެންޒައިޓީ އާއި ސްޓްރެސް މެނޭޖްކުރަން ވެސް އެ ކުލާސްތަކުގައި ދަސްކޮށްދޭނެ ކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުންޏެވެ.

އެ ސެޝަންތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގެ ކޯފައުންޑާ ހައްވާ އިހުސާނާ ވިދާޅުވީ އެފަދަ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ނަފްސާނީ ގޮތުން ކަމާ ގުޅުންހުރި މީހެއްގެ އެހީތެރިކަން ލިބުމަކީ މީހާއަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ފާޓިލިޓީ ޓްރީޓްމަންޓް ތަކަކީ ބައެއް ފަހަރު ވަރަށް ދިގުލައިގެން ދާ ޓްރީޓްމަންޓްތަކެއް. އަދި މީގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރޭ.އަދި ބައެއް ފަހަރަށް މިއީ އޭނާގެ ޓްރީޓްމަންޓް ކާމިޔާބު ވުމަށްވެސް މަގުފަހިވާ ކަމެއް

އޮންލައިންކޮށް ކުރިއަށްގެންދާ އެ ސެޝަންތައް ކުރިއަށްގެންދާނީ އެކްސްކޯ މެންބަރެއް ކަމުގައިވާ ލުބުނާ އަލީ ކަމަށްް އެ ކޮމިއުނިޓީން މައުލޫމާތު ދެ އެވެ. ލުބުނާއަކީ މާސްޓާސް އޮފް ޕްރޮފެޝަނަލް ކައުންސެލިންގް ފުރިހަމަކޮށްފައިވާ މީހެކެވެ.

ތިން މަހަށް ބަހާލައިގެން، ކޮންމެ މަހަކު ދެ ސެޝަން ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ސެޝަންތަކުގައި ހިލޭ ބައިވެރިވެވޭނެ އެވެ. އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވެސް މެމްބާޝިޕް ފޯމް ފުރިހަމަ ކުރުމުން އެ ސެޝަންތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކޮމިއުނިޓީން މައުލޫމާތު ދެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އަލަށް ކައުންސިލިން ދޭން ފެށި ކަމުގައިވިޔަސް މީގެ ކުރިން އެ ފަރާތުން ގަވާއިދުން އަންނަނީ ސަޕޯޓް ގުރޫޕް ސެޝަންތައް ބާއްވަމުންނެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު 100 އަށް ވުރެ ގިނަ ފަރާތްތަކުން އެ ކޮމިއުނިޓީގެ ހިދުމަތް ހޯދާފައިވެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގައި އުނދަގޫތައް ތަހައްމަލު ކުރާ ފަރާތްތައް ހިތްވަރު ދިނުމަށް ސަޕޯޓް ގުރޫޕް ހިންގުމާއި އެކު އަދި ދަރިމައިވުމަށް އުނދަގޫވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަންނަ ހިނދު އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ހޯދާދިނުމުގެ މަގްސަދުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއެކެވެ.