Advertisement

ސައުތު އެފްރިކާގެ އަންހެނަކަށް އެއްމާބަނޑު 10 ކުދިން

10 ޖޫން 2021 - 12:13 0


ސައުތު އެފްރިކާގެ އަންހެނަކަށް އެއްމާބަނޑު 10 ކުދިން

10 ޖޫން 2021 - 12:13 0

ސައުތު އެފްރިކާ އަށް ނިސްބަތްވާ އަންހެނަކަށް އެއްމާބަނޑު 10 ކުދިން ލިބިއްޖެ އެވެ.

ގޮސިއާމޭ ތަމާރާ ސިތޯލް ނަމަކަށް ކިޔާ އެ އަންހެންމީހާ އިއްޔެ ވިހެއުމާ އެކު ވަނީ އެއް ފަހަރާ އެންމެ ގިނަ ކުދިން ލިބުނު މީހާގެ ރެކޯޑް ލިބިފަ އެވެ.

ބީބީސީ ގައި ބުނެފައިވާ ގޮތުން، ގޯސިއާމޭ އާއި އޭނާގެ ފިރިމީހާއަށް ވެސް 10 ކުދިން ވީ ސަޕްރައިޒަކަށެވެ. ވިހަން ވެއްދި އިރު ވެސް އެމީހުން ހީކޮށްގެން ތިބީ ލިބެން އުޅެނީ އަށް ކުދިން ކަމަށެވެ.

"އަހަރެންގެ ހަތް ފިރިހެން ދަރިންނާއި ތިން އަންހެން ދަރިން މިހާރު އެބަތިބި. މި ލިބުނު އުފަލެއްގެ ބޮޑުކަމުން ވާހަކަ ދައްކަން ވެސް ދަތި،" ވިހޭއިރު ސިއްހަތު ރަނގަޅު 10 ކުދިންގެ ބައްޕަ ބުނެފައިވެ އެވެ.

ގޯސިއާމޭގެ އާއިލާ މީހަކާ ހަވާލާދީ ބީބީސީ ގައި ބުނެފައިވާ ގޮތުން ގޯސިއާމޭގެ 10 ކުދިންގެ ތެރެއިން ފަސް ކުދިން ވިހެއީ އެވެ. އަނެއް ފަސް ކުދިން ނެގީ ސިޒޭރިއަނެއް ކޮށްގެންނެވެ.

އެއްމާބަނޑު ދިހަ ކުދިން ލިބިގެން ގޯސިއާމޭ ދުނިޔޭގެ ރިކޯޑުފޮތަށް އަރާފައިވާއިރު މި ރިކޯޑު މީގެ ކުރިން އޮތީ މިދިޔަ މަހު ނުވަ ކުދިން ލިބުނު މާލީ އަށް ނިސްބަތްވާ 25 އަހަރުގެ ހަލީމާ ސިއްސޭ ގެ އަތުގަ އެވެ.

އެއްފަހަރާ ތިން ކުދިންނަށްވުރެ ގިނައިން ކުދިން ވިހެއުމަކީ އާންމުކޮށް ވާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މިގޮތަށް ވިހާ ކުދިންގެ ސިއްހީ މައްސަލަތަކެއް ހުރެގެން ބައެއް ކުދިން ވިހާތަނުން މަރުވެ އެވެ. އެކަމަކު ގޯސިއާމޭގެ ހުރިހާ ކުދިންގެ ހާލި ވެސް ރަނގަޅު ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފަ އެވެ. އަދި އޭނާ ވިހާފައިވާތީ މިއީ ވެސް މި ކޭސްގެ ހާއްސަ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.