Advertisement

ޗައިނާގައި ތިން އަހަރުގެ ކުދިންނަށް ސިނޮވެކް ވެކްސިން ދިނުމުގެ ހުއްދަ ދީފި

ސިނޮވެކް ވެކްސިން.-- ފޮޓޯ: ސީޖީޓީއެން


ޗައިނާގައި ތިން އަހަރުގެ ކުދިންނަށް ސިނޮވެކް ވެކްސިން ދިނުމުގެ ހުއްދަ ދީފި

ޗައިނާގެ އުމުރުން ތިން އަހަރުން މަތީގެ ކުދިންނަށް ސިނޮވެކް ވެކްސިން ދިނުމުގެ ހުއްދަ ދީފި އެވެ.

ސީސީޓީވީން ރިޕޯޓު ކުރި ގޮތުގައި އުމުރުން ތިން އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އެ ވެކްސިން ދިނުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.

އޭއެފްޕީން ވެސް ސިނޮވެކް ކުންފުނީގެ ތަރުޖަމާނަކާ ހަވާލަދީ ބުނެފައި ވަނީ ކުޑަކުދިންނަށް ވެކްސިން ދޭން ހުއްދަ ލިބިފައިވާ ކަމަށެވެ.

ތިން އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ހުއްދަ ލިބިފައި ވާއިރު، ވެކްސިން ދޭން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަން އިއުލާނު ކުރާނީ ނޭޝަނަލް ހެލްތު ކޮމިޝަނުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން ތިން އަހަރާއި 17 އަހަރާ ދެމެދުގެ 500 ކުދިން ބައިވެރިވި ޓެސްޓުތައް ސިނޮވެކުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސިނޮވެކް ވެކްސިނަކީ 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދީފައިވާ ވެކްސިނެކެވެ.

ގިނަ ގައުމުތަކެއްގައި މިހާރު ދަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ އަދި މޮޑާނާ ވެކްސިން ދެމުންނެވެ. ފައިޒާއިން މިހާރު މަސައްކަތް ކުރަނީ 12 އަހަރުން ދަށުގެ ކުދިން ހިމެނޭ ޓެސްޓުތައް ހެދުމަށެވެ.