Advertisement

ސިޔާމްގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ބުނެ އެމްޑީއޭއިން ދިފާއުކޮށްފި

8 ޖޫން 2021 - 21:46 1

އަމަން ހަލީމް

އަމަން ހަލީމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް: ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަން ފުލުހަށް ހުށައަޅައިފި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ސިޔާމްގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ބުނެ އެމްޑީއޭއިން ދިފާއުކޮށްފި

8 ޖޫން 2021 - 21:46 1

ތުޅާދޫ ދާއިރާގެ މެމްބަރު "ދަންޖައްސަން ޖެހޭ ކަމަށް" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވި މައްސަލައިގައި އޭނާ ދެއްކެވި ވާހަކަތަކުގެ މަފްހޫމު އޮޅުވާލައިގެން, ނަފްރަތު އުފައްދަން އުޅޭ ކަމަށް މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި, ލީކުވެފައިވާ އޯޑިއޯއަކީ މެމްބަރު ސިޔާމް މަޖިލިހުގެ 241 ކޮމީޓިގެ ބައްދަލުވުމަކަށްފަހު އެ ކޮމިޓީން ބޭރުގައި ތިއްބެވި މެމްބަރުންތަކަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެކެވެ.

އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން "ދަންޖަންސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށެވެ.

އެ މައްސަލަ މަޖިލީހުން މިހާރު ވަނީ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީއެންއިން، އެ ޕާޓީގެ ލީޑަރު ދިފާއުކުރަމުން ބުނީ ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވާން ގޮވާލާނެ އަދި މީހަކަށް އަނިޔާއެއް ލިބެން އެދޭނެ މީހެއް ނޫން ކަމަށެވެ. އަދި އެޒާތުގެ ވާހަކަަތަކެއް ދެއްކެވި ކަމަށް ބުނެ ސިޔާމާ ދެކޮޅަށް ނަފްރަތު އުފައްދަން އުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.

އެމްޑީއެންއިން ބުނީ، މަޖިލިހުގެ ތަޅުމުގައި އާއި ކޮމިޓީޓަކުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ފުލުހަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށާއި ވާހަކަތަކުގެ މަފްހޫމް އޮޅުވާލައިގެން ހުށައެޅުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެމްޑީއޭގެ ބަޔާން ނިންމާލަމުން ބުނީ އެ ޕާޓީން މަޖިލިހުގައި ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށެވެ.