Advertisement

އެއާޕޯޓަށް ބިން ދޭން އަދި ނުނިންމަން: ހަނިމާދޫ ކައުންސިލް

9 ޖޫން 2021 - 08:32 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުންނާނެ ގޮތުގެ 3ޑީ ކުރެހުމެއް


އެއާޕޯޓަށް ބިން ދޭން އަދި ނުނިންމަން: ހަނިމާދޫ ކައުންސިލް

9 ޖޫން 2021 - 08:32 0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރަން އެ ރަށުގެ އެއާޕޯޓް ސަރަހައްދުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައި ވީނަމަވެސް އެކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ އެއާޕޯޓަށް އިތުރު ކުރާ ބިމުގައި ސިފައިންގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް ވެސް އަޅަން ހަމަޖައްސާފައިވާތީ އެރަށު ހުޅަނގު ފަރާތުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ.

ނިމިދިޔަ ކައުންސިލުން އޭރު އޮތީ އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. އާ ކައުންސިލް ހަވާލުވުމާއެކު އެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހަނިމާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް އަލީ، މިއަދު "އަދަދު" އަށް ވިދާޅުވީ ބިން ހަމަޖެއްސުމާ ގުޅޭގޮތުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ބިން ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ހަނިމާދޫން ބޮޑު ސަރަހައްދެއް ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާއިރު އެކަން ނުކުރުމަށް އެދި އެ ރަށުގެ ބައެއް ޖަމިއްޔާތުން ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަނީ ސިޓީ ފޮނުވައިފަ އެވެ. އެއީ އެ ރަށު ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ އެކުވެރި ކްލަބާއި ކެތިއަރާ ޖަމިއްޔާއިންނެވެ. އެ ތިން ޖަމިއްޔާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެއާޕޯޓް އެޅުމަށް މިހާރު ވެސް ދީފައިވާ ބިމުގައި ބޮޑު އެއާޕޯޓެއް ތަރައްގީ ކުރެވޭނެ ކަމަށާއި އެ ރަށުގެ ބައެއް އަނެއްކާ އެެއާޕޯޓް ހެދުމަށް ނުނަގަން އެދޭ ކަމަށެވެ.

ޒިންމާދާރު ވެރިޔާ އިބްރާހިމް ވިދާޅުވީ ބިމުގެ މައްސަލާގައި އެއްވެސް ރައްޔިޔަކު ރަސްމީކޮށް ކައުންސިލަށް ޝަކުވާ ހުށަހަޅައިފައި ނުވާ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް މަސައްކަތް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި އިގްތިސާދުގެ މައިދޮރަށް ހަނިމާދު ވެެގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.