Advertisement

ކޮންމެތާކު ހުއްޓަސް ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް

19 ޖޫން 2021 - 08:40 0

އަމަން ހަލީމް

އަމަން ހަލީމް

ދިރާގު އީޒީ ޓޮޕް އަޕް އެޕް: ދިރާގު އެޕްގެ އިތުރުން ދިރާގު ވެބްސައިޓުންނާއި ދިރާގު ޕޭ އިން މިހާރު ރީލޯޑް ކުރެވޭ -- ފޮޓޯ: ދިރާގު


ކޮންމެތާކު ހުއްޓަސް ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް

19 ޖޫން 2021 - 08:40 0

މި ދުވަސްވަރު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދަން ބާރުއަޅަމުން އަންނާތީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކުރަން ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފި އެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކުރަން ބޭނުންކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ދިރާގު މޮބައިލް އެޕްލިކޭޝަނާއި، ދިރާގު ޕޭ އެޕުގެ އިތުރުން ދިރާގު ވެބްސައިޓް ހިމެނެ އެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން

ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކުރަން އެޕް ހުޅުވުމަށް ފަހު “Easy Top” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖަހާށެވެ. ދެން “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށް ފަހު އަނެއްކާ ވެސް “Continue and Pay” އަށް ފިތާލާށެވެ. އެއަށް ފަހު ފައިސާ ދައްކަން ބޭނުންވާ ގޮތް ޚިޔާރު ކުރުމަށް ފަހު “Continue” އަށް ފިތާލާށެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަނުން ރީލޯޑް ކުރާ ކަސްޓަމަރުންނަށް ދިރާގު ޕޭ އާއި ބީއެމްއެލް ނޫނީ އެމްއައިބީގެ ކާޑު ބޭނުންކޮށްގެން ފައިސާ ދެެއްކޭނެ އެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަންގެ އީޒީ ޓޮޕް އަޕް ފީޗާ ބޭނުންކުރާނެ ގޮތުގެ ޓިއުޓޯރިއަލް ވީޑިއޯ


ދިރާގު ވެބްސައިޓް

ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކުރަން ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށް ފަހު ރީލޯޑް ކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށް ފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުންވާ ގޮތް ޚިޔާރު ކުރުމަށް ފަހު “Continue” އަށް ފިއްތާލާށެވެ.

ދިރާގު ވެބްސައިޓުން ރީލޯޑް ކުރާ ކަސްޓަމަރުންނަށް ދިރާގު ޕޭ އާއި ބީއެމްއެލް ނޫނީ އެމްއައިބީގެ ކާޑު ބޭނުންކޮށްގެން ފައިސާ ދެެއްކޭނެ އެވެ.

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑްކުރަން ދިރާގު ޕޭ މޮބައިލް އެޕް ހުޅުވުމަށް ފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށް ފަހު ނަންބަރު އަދި އަދަދު ޖެހުމަށް ފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަ ކުރަން “Proceed” އަށް ފިއްތާލުމުން ރީލޯޑް ކުރެވޭނެ އެވެ.

ދިރާގު ޕޭ އެކައުންޓަށް ކޭޝް އިން ކުރަން ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ކާޑް ނޫނީ ކްރެޑިޓް ކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށެވެ.