Advertisement

އުރީދޫ ފަސޭހަ ބްރޯޑްބޭންޑުގެ ބާކީ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތަށް ހަދައިފި

18 ޖޫން 2021 - 11:39 1

އަމަން ހަލީމް

އަމަން ހަލީމް

މަޖީދީ މަގުގައި ހުންނަ އުރީދޫގެ ކަސްޓަމާ ސާވިސް ސެންޓަރު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އުރީދޫ ފަސޭހަ ބްރޯޑްބޭންޑުގެ ބާކީ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތަށް ހަދައިފި

18 ޖޫން 2021 - 11:39 1

އުރީދޫއިން ފަށައިގެން އުޅޭ ޑޭޓާ ރޯލްއޯވާ ހިދުމަތް ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތައާފަރުކޮށް މިއަދުން ފެށިގެން ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

އުރީދޫގެ ޑޭޓާ ރޯލްއޯވާ ހިދުމަތް ފުރަތަމަ ފެށީ ޕޯސްޓްޕެއިޑް މޮބައިލް ޑޭޓާ ކަސްޓަމަރުންނަށެވެ.

ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުން އުރީދޫއިން ބުނި ގޮތުގައި މިއީ ޕެންޑެމިކާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާ ވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ހޯދައިދޭން ތައާރަފުކުރި ހިދުމަތެކެވެ.

އުރީދޫގެ ޑޭޓާ ރޯލްއޯވާ ހިދުމަތް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ. މި ޚިދުމަތްލިބިގެންދާނެއެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން ޖެހޭނީ ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުން ކުރިން ކުރިން ނެގި ޕެކޭޖް އަލުން އެކްޓިވޭޓް ކުރާށެވެ.

އުރީދޫގެ ފަސޭހަ ބްރޯޑްބޭންޑް ޑޭޓާ ރޯލްއޯވާ ޕްރޮމޯޝަނަލް ޕޯސްޓަރު --


ފަސޭހަ ބްރޯޑްބޭންޑުގެ ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ އާ ދެ ޕްލޭން

އުރީދޫއިން ވަނީ ޑޭޓާ ފަސޭހާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ އާ ދެ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް މިހާރު ކުރިޔަށްދާ ހާއްސަ އޮފާއެއްގެ ދަށުން 20 ޕަސެންޓު އިތުރު ބޯނަސް ޑޭޓާ ލިބޭނެ އެވެ.

ފަސޭހަ އެޗްބީބީ 60ޖީބީ

ފަސޭހަ އެޗްބީބީ 60ޖީބީ ޕްލޭންގެ އަގަކީ 799ރ. އެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް 60 ޖީބީ ޑޭޓާގެ އިތުރުން ހާއްސަ އޮފާގެ ތެރެއިން 12 ޖީބީ ލިބޭނެ އެވެ. މުޅިއަކު މި ޕްލޭނުން 72 ޖީބީ ޑޭޓާ އެލަވަންސް ލިބޭނެ އެވެ.

ފަސޭހަ އެޗްބީބީ 500ޖީބީ

ފަސޭހަ އެޗްބީބީ 500ޖީބީ ޕްލޭންގެ އަގަކީ 3548ރ. އެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް 500 ޖީބީ ޑޭޓާގެ އިތުރުން ހާއްސަ އޮފާގެ ތެރެއިން 100 ޖީބީ ލިބޭނެ އެވެ. މުޅިއަކު މި ޕްލޭނުން 600 ޖީބީ ޑޭޓާ އެލަވަންސް ލިބޭނެ އެވެ.

ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތް ހެދުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެން ނިޔާޒް ވިދާޅުވި ގޮތުގައި މި ބަދަލާއެކު މަގުސަދަކީ އިންޓަނެޓްގެ ހިދުމަތް އެންމެހާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމެވެ.