Advertisement

އައިއެމްޓީއެމް 2021 ގައި ބައިވެރިވާން ޓޫރިޒަމް ވިޔަފާރިތަކަށް ހުޅުވާލައިފި

3 ޖޫން 2021 - 12:46 0

އަމަން ހަލީމް

އަމަން ހަލީމް

އައިއެމްޓީއެމް 2021ގެ ޕްރޮމޯޝަނަލް ޕޯސްޓަރު: މި ފެއާ އޮންނާނީ ސެޕްޓެމްބަރު މަހު -- ފޮޓޯ: އައިއެމްޓީއެމް


އައިއެމްޓީއެމް 2021 ގައި ބައިވެރިވާން ޓޫރިޒަމް ވިޔަފާރިތަކަށް ހުޅުވާލައިފި

3 ޖޫން 2021 - 12:46 0

ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ބައިނަލްއަގްވާމީ ޓްރެވަލް އެންޑް ޓްރޭޑް ފެއާ، އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) 2021 ގައި ރަޖިސްޓްރީ ވާން ޓޫރިޒަމް ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

އަހަރަކު އެއް ފަހަރު ބާއްވާ ބީ2ބީ ފެއާގެ ހަތަރު ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 21 އިން 23 ގެ ނިޔަލަށެވެ. ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ފެއާ ބާއްވާނީ އައިއެމްޓީއެމްގެ އޮންލައިން ޕްލެޓްފޯމް އައިއެމްޓީއެމްއެއާ މެދުވެރިކޮށެވެ.

ބޭރުގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ރަނުގެ ފުރުސަތެއް

އައިއެމްޓީއެމްއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ހުރިހާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދޭން ބާއްވާ ފެއާއެކެވެ.

އައިއެމްޓީއެމްއިން އަމާޒުކުރަނީ މި އަހަރުގެ ފެއާގައި ދުނިޔޭގެ 20 ގައުމަކުން 100 އަށް ވުރެ ގިނަ ވިޔަފާރިއަކާއި 400 ޓްރޭޑް ވިޒިޓަރުން ބައިވެރިވާނެ ކަމަށެވެ.

އައިއެމްޓީއެމްގެ ޕްލެޓްފޯމްގެ ތެރެއިން މި ހުރިހާ ފަރާތްތަކަށް ނެޓްވޯކް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2021ގެ ލޭންޑިން ޕޭޖް


މި ފެއާއާ ގުޅޭގޮތުން އައިއެމްޓީއެމްގެ މީޑިއާ އޮފިޝަލް ހައްވާ ޝިއުނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި ކުރީ އަހަރު ވާޗުއަލްކޮށް ބޭއްވި ފެއާއަށް ވުރެ މި އަހަރުގެ ފެއާގައި ބައިވެރިންނާއި ފީޗާތައް ގިނަވާނެ އެވެ.

"ކުރިން އަހަރު ފެއާ ބޭއްވި އިރު ވާޗުއަލް ފެއާތައް އެހާ ކޮމަންއެއް ނޫން. އެ އެކްސްޕީރިއަންސަށް ބަލާފައި މި އަހަރު އައިއެމްޓީއެމްގެ އޮންލައިން ޕްލެޓްފޯމްގެ ފީޗާތަކާއި އެހެނިހެން ޓޫލްސްތައް ގިނަވާނެ" ޝިއުނާ ވިދާޅުވި އެވެ.

ކުރީ އަހަރެކޭ އެއް ފަދައިން އައިއެމްޓީއެމްގެ މަައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ގުޅިގެން ކުރިއެރޭނެ ވަސީލަތްތަކެއް ފޯރުކޮށްދިނުމެވެ.