Advertisement

ގޭގައި ތިބެން ޖެހޭތީ ދިރާގުން ހިލޭ ޑޭޓާ ދެނީ

1 ޖޫން 2021 - 18:15 0

އަމަން ހަލީމް

އަމަން ހަލީމް

ދިރާގުގެ މައި އިދާރާ: ދިރާގުގެ އިންޓަނެޓް ޕްރޮޑަކްޓްތައް ބޭނުންކުރާ ހުރިހާ އެންމެނަށް ހިލޭ ޑޭޓާ ލިބޭނެ -- ފޮޓޯ: ދިރާގު


ގޭގައި ތިބެން ޖެހޭތީ ދިރާގުން ހިލޭ ޑޭޓާ ދެނީ

1 ޖޫން 2021 - 18:15 0

ކާފިއުގެ ސަބަބުން ގޭގައި ތިބެން ޖެހިފައިވާ ދަނޑިވަޅެއްގައި ކަސްޓަމަރުންނަށް ފަސޭހަކޮށްދޭން ދިރާގުގެ އިންޓަނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް މި ޖޫން މަހަށް ހިލޭ ޑޭޓާ ހަމަޖައްސައިދީފި އެވެ.

މިއަދުން ފެށިގެން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް އިތުރު އެއްވެސް ހަރަދަކައިނުލާ މި ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ޖޫން މަހުގެ ނިޔަލަށް ނަގާ ބޫސްޓާ އަދި އެޑް-އޮން ބަންޑްލްތައް އެކްޓިވޭޓް ކުރުމުން ވެސް ހިލޭ ޑޭޓާ ލިބޭނެ ކަމަށް ބުންޏެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް %200 ހަމައަށް ހިލޭ ޑޭޓާ

މި މަހު ދިރާގު ކަސްޓަމަރުންގެ ތެރެއިން ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދެގު ހިލޭ ޑޭޓާ ލިބޭނެ އެވެ. އަދި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ.

އަދި ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށާއި ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ބޭނުންކުރާ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ލިބޭނެ އެވެ.

ދިރާގު "ސްޓޭ ހޯމް، ގޯ ޑިޖިޓަލް" ކެމްޕެއިން ޕޯސްޓަރު


ދިރާގު ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ބޫސްޓަރުތަކުން ދެގުނަ އިތުރަށް ޑޭޓާ

ހިލޭ ދޭ ޑޭޓާގެ އިތުރަށް، ޑޭޓާ ހުސްވެެގެން ބޫސްޓާ، އެޑް-އޮން ނުވަތަ ބަންޑްލްސް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބެ އެވެ. ދިރާގުން ބުނީ 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަގާ ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް މި އޮފާ ލިބޭނެ ކަމަށެވެ.

އަދި މިއީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށް ގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއް ކަމުން އިތުރަށް ލުއިފަސޭހަކޮށް ދޭން ގެނައި ބަދަލެއް ކަމަށް ދިރާގުން ބުންޏެވެ.

ބޫސްޓާ އަދި ޑޭޓާ އެޑް-އޮންތައް އެކްޓިވޭޓް ކުރާ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ބޫސްޓާއަކުން ދެގުނައަށް ޑޭޓާ ލިބެ އެވެ. ދިރާގު ކަސްޓަމަރުންނަށް ލިބޭ އޮފާތަކުގެ ތެރޭގައި:

  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭންތަކުން %50 އިތުރު އެލަވަންސް އަދި މިނީ ޑޭޓާ އެޑްއޮންތައް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް %200 ޑޭޓާ އެލަވަންސް
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާތަކުން %100 އިތުރު އެލަވަންސް
  • ދިރާގު ޑޭޓާ ސިމް ބޫސްޓާތަކުން 100% އިތުރު އެލަވަންސް
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް
  • ދިރާގު މަމެން ކަސްޓަމަރުންނަށް ޑޭޓާ އެޑް-އޮންތަކަށް %50 ޑިސްކައުންޓް