Advertisement

އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފި

31 މޭ 2021 - 18:51 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ހެޑްއޮފީސް: އެސްޓީއޯ ގްރޫޕަށް ބައެއް ސެކްޓާތަކުން ގެއްލުން ބޮޑު ނަމަވެސް މައި ކުންފުނިން ބޮޑު ފައިދާއެއް ލިބުނު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފި

31 މޭ 2021 - 18:51 0

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާދާރުންގެ މެދުގައި ހިއްސާއަކަށް 60ރ. ބަހަން މިއަދު ބޭއްވި އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

އެސްޓީއޯ ގްރޫޕަށް ހުސްވި އަހަރު އާމްދަނީއަށް ލިބުނު 8.5 ބިލިއަން ރުފިޔާއިން ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބުނެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު ދަށް އަދަދެއް ނަމަަވެސް، މިދިޔަ އަހަރު އެސްޓީއޯގެ މައި ކުންފުނީގެ ޕާފޯމަންސާއި ފައިދާ ދިޔައީ މައްޗަށެވެ. އޭގެ ކުރީ އަހަރާ އަޅާ ބަލާ ކުންފުނީގެ ފައިދާ ދަށަށް ދިޔައީ ބައެއް ސަބް ކުންފުނިތަކުގެ ޕާފޯމަންސާ ގުޅިގެންނެވެ.

އެސްޓީއޯގެ ބޯޑު މެމްބަރުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ 2020 ގައި


ކޮވިޑާ ގުޅިގެން މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާގައި ހިއްސާއަކަށް އެސްޓީއޯގެ ބޯޑުން ހުށަހެޅި 60ރ. ބަހަން ފާސްކުރީ އެސްޓީއޯގެ ހިއްސާދާރުންގެ މެދުގައި އޮންލައިންކޮށް ނެގި ވޯޓަކުންނެވެ.

އާންމުންގެ ފަރާތުން ބޯޑަށް ރިޝްމާ

އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓަކަށް ފަހު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިހާބުކުރީ ކުރިން ދެ އަހަރު ވެސް އެ މަގާމުގައި ހުންނެވި އައިމިނަތު ރުޝްމާ އެވެ. 2019 ވަަނަ އަހަރުން ފެށިގެން އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުންނަވަނީ ރުޝްމާ އެވެ.

ޖަލްސާގައި ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓާއި ޖަލްސާގެ ޔައުމިއްޔާ އަދި އެކްސްޓާނަލް އޮޑިޓަރަކަށް ޕްރައިސް ވޯޓާ ހައުސްކޫޕާސް ކަނޑައަޅަން ފާސްކުރި އެވެ.