Advertisement

ނެޓްފްލިކްސް އިން ޖޫން މަހު ބަލަން ލުޕިން އާއި އިތުރު ޝޯތައް

31 މޭ 2021 - 08:51 0


ނެޓްފްލިކްސް އިން ޖޫން މަހު ބަލަން ލުޕިން އާއި އިތުރު ޝޯތައް

31 މޭ 2021 - 08:51 0

ލޮކްޑައުން ގައި ފޫހިވެގެން އެންމެ ގިނައިން ބެލޭނީ ނެޓްފްލިކްސް އެވެ. މި ސްޓްރީމިން ޕްލެޓްފޯމެއްގެ އަފްޑޭޓް ދެދުވަހުން އެއްދުވަހު ބަލަން ޖެހެނީ ވެސް މި ސަބަބަކާ ހެދި އެވެ. ނެޓްފްލިކްސް ގައި ބަލާނެ އާ އެއްޗެހި ނުހުންނަ ޝަކުވާ އަބަދު ވެސް ކުރެވެ އެވެ.

މި ހިމަނާލަނީ ކުރިއަށް މި ފެށޭ ޖޫން މަހު ގޭގައި ތިބެގެން ނެޓްފްލިކްސް އިން ބަލައިލެވޭނެ ރީތި ޝޯ ތަކުގެ ކުރު ލިސްޓެކެވެ. މިއިން ޝޯ އެއް ބަލަން މި ޕެންޑެމިކްގައި ރައްޓެހިން "ނެޓްފްލިކްސް" އަށް އިންވައިޓްކޮށްގެން ނެޓްފްލިކްސް ޕާޓީ އެއް ޕްލޭންކޮށްލަން ވެސް ސަޅި ވާނެ އެވެ.

ލުޕިން، ޕާޓް 2 (ޖޫން 11)


މައުރިސް ލިބްލެންކް 1905 ވަނަ އަހަރު ލިޔެފައިވާ ވާހަކައަކަށް ބިނާކޮށްގެން ޑައިރެކްޓަރު ޖޯޖު ކޭ އުފެއްދި ލުޕިން ޑްރާމާ އަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ނެރުނު އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯ އެކެވެ.

ލީޑް ރޯލުން އޮމަރް ސީ، އެސޭސިން އެއްގެ ރޯލުން ފެނިގެންދާ މި ޑްރާމާގެ ފުރަތަމަ ސީޒަން ނިމެނީ ޝައުގުވެރި "ކްލިފްހޭންގާ" އަކުންނެވެ. އޮމަރް އަކީ އޭނާގެ ބައްޕަގެ ގަތުލަށް ބަދަލު ހިފަން އެކަމުގައި ބައިވެރިވި މީހުން ހޯދައިގެން އެމީހުން މަރަން މަސައްކަތްކުރާ ވަގެކެވެ. ފުރަތަމަ ބައި ނިމޭ އިރު އޮމަރް ގެ ދުޝްމަނުން އޭނާ ހައްޔަރުކުރެ އެވެ. އެހެންކަމުން ޖޫން މަހު ނިކުންނަ ދެވަނަ ޕާޓުގައި ޝައުގުވެރި ކަންތައްތަކެއް ތިލަވެގެން އަންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ނެޓްފްލިކްސް އަށް ލުޕިން ނެރުނު ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި އެކަނި ވެސް 70 މިލިއަން މީހުން ވަނީ ޝޯ ބަލާފަ އެވެ.

އަވޭކް (ޖޫން 9)


ދުނިޔެ އަށް ކުރިމަތިވާ ކުއްލި ކާރިސާ އެއްގައި ކަރަންޓުން ހިނގާ ހުރިހާ ސާމާނެއް ނެތިވެ، އިންސާނުންގެ ނިދުމުގެ ގާބިލުކަން ގެއްލިގެންދާ ދަނޑިވަޅެއްގައި މަންމަ އަކު އޭނާގެ ދަރިފުޅުގެ އެހީގައި އޭނާގެ ބައްޔަށް ފަރުވާ ހޯދަން ކުރާ މަސައްކަތްތަކެއް މި ޝޯގައި ދައްކަ އެވެ. މި ފިލްމުގެ މެއިން ކެރެކްޓާ އަކީ ޖިލް ނަމަކަށް ކިޔާ ސިފައިންގެ އަންހެނެކެވެ. މާޒީގައި ދިމާވެފައިވާ ކަންތައްތަކަކުން މި ކާރިސާއެއްގެ މާ ކުރިއްސުރެ ނަފްސާނީ އުނދަގޫތަކެއް ތަހައްމަލުކުރަމުން އަންނަ ޖިލް އަށް މަޖުބޫރުވަނީ ނިދި ނުލިބިގެން އޭނާގެ ސިކުނޑި "މޮޔަވުމުގެ" ކުރިން އެ ފަރުވާއެއް ހޯދާށެވެ. ސިޓީ އެއްކޮށް ހަލާކުވެ މީހބުން ހަމައިން ނެއްޓެމުންދާ ބިރުވެރި ވަގުތުގައި އޭނާ އާއި ދަރިފުޅު ސަލާމަތްކުރަން ޖިލް އަށް ލިބެނީ މަދު ވަގުތުކޮޅެކެވެ.

ބްރޭކިން ބައުންޑްރީސް: ދަ ސައިންސް އޮފް އަވާ ޕްލެނެޓް (4 ޖޫން)


ފިލްމު އުފެއްދުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ހޯދާފައިވާ "ސިލްވަބެކް ފިލްމްސް" އިން އުފައްދައި، މަޝްހޫރު ޕްރެޒެންޓަރު ޑޭވިޑް އެޓެންބްރޫ އަޑު އަޅާފައިވާ މި ޑޮކިއުމެންޓްރީ ގައި ދުނިޔޭގެ ދިރުންތަކާއި ބެހޭގޮތުން ގަރުނުގެ އެންމެ ބޮޑެތި ސައިންސް ހޯދުންތަކާއި ބެހޭ މައުލޫމާތު ގެނެސްދޭނެ އެވެ. މިއީ ކިޔަވާ ކުދިންނާއި ސައިންސް ގެ ދާއިރާއަށް ޝައުގު ހުންނަ މީހުން ބަލައިލަން ސަޅި މައުލޫމާތު މުއްސަނދި ޑޮކިއުމެންޓްރީ އަކަށް ވާނެ އެވެ.