Advertisement

ކާފިއު ހިންގާތީ، މީރާއަށް ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށް ދީފި

28 މޭ 2021 - 14:26 0

އަމަން ހަލީމް

އަމަން ހަލީމް

މީރާ ހެޑްއޮފީސް: ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ފައިސާ ބަލައިގަންނަނީ މީރާއިން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކާފިއު ހިންގާތީ، މީރާއަށް ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށް ދީފި

28 މޭ 2021 - 14:26 0

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑިތައް ފަސްކޮށްދީފި އެވެ.

މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު އޮފީސްތައް ބަންދުކުރީ ޖޫން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަލަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެއްފަހަރާ ގެޔަކުން ނުކުމެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފަ އެވެ.

މި ފިޔަވަޅުތަކާއި ގުޅިގެން މާލެ ސަރަހައްދުގައި ހުންނަ މީރާގެ އޮފީސްތައް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލި ނަމަވެސް، އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ޓެކްސް ދެއްކޭނެ އެވެ. އެގޮތުން ޓެކްސް ބަޔާނާއި، ދައްކާ އެންމެހައި ޓެކުހާއި، އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޮންލައިންކޮށް ޓެކްސް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހުނު ނަމަވެސް މުއްދަތުތައް ހަމަވުމުގެ ކުރިން ބައެއް ފަރާތްތަކަށް ޓެކްސް ނުދެއްކުމުގެ ފުރުސަތު އޮތަތީ، މީރާއިން ނިންމީ ޓެކްސް ދެއްކުމުގެ ސުންގަޑި ޖޫން 10، 2021 އަށް ފަސްކުރާށެވެ.

ސުންގަޑި ފަސްކުރީ ހަމައެކަނި އެ މުއްދަތުގެ ތެރޭގައި ސުންގަޑި ހަމަވާ ޓެކްސްތަކުގެ އެކަންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އޭޕްރިލް މަހުގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ރިޓާން ހިމެނެ އެވެ. ކުރިން އޮތް ގޮތުން މެއި މަސް ނިމުމުގެ ކުރިން ބަޔާން ހުށައަޅާ ފައިސާ ދައްކަން ޖެހެ އެވެ.

ޓެކުހާއި ގުޅިގެން އެންމެ ފަހުން މީރާއިން އާންމުކުރި ހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ ޓެކްސް އާމްދަނީއަށް 4.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ ނިމުނު އަހަރުގެ މި މުއްދަތަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.